އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަތުގަ އެއްވެސް ފައިސާއެއް ނެތް ނަމަވެސް ރޭއަޅުކަމާ އެހެން އަޅުކަންކުރުމުގަ އެންމެ ކުރީގަ ހުރި މީހަކު ކުއްލިއަކަށް މިލިއަނަރަކަށްވީ ގޮތުގެ ވާހަކަ!

އަތުގަ އެއްވެސް ފައިސާއެއް ނެތް ނަމަވެސް ރޭއަޅުކަމާ އެހެން އަޅުކަންކުރުމުގަ އެންމެ ކުރީގަ ހުރި މީހަކު ކުއްލިއަކަށް މިލިއަނަރަކަށްވީ ގޮތުގެ ވާހަކަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 19 ސިކުންތު

އަޅުކަންކުރަންވީ ދުނިޔޭގައި މިލިއަނަރަކަށްވުމަކަށް ނޫނެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައި އެކަމަށް ތައްޔާރުވުމަށެވެ. މިކިޔައިދެނީ އޭނާއަށް ވެވުނު އެންމެ ފުރިހަމައަކަށް އޭނާ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައި އާޚިރަތްދުވަހަށް ތައްޔާރުވަމުން ދިއަ، އަތުގައި އެއްވެސް ފައިސާއެއް ނެތް ނިކަމެތި ފަޤީރަކު ހަމަކުއްލިއަކަށް މިލިއަނަރަކަށް ބަދަލުވިގޮތުގެ ވާހަކައެވެ. 

އޭނާ އަކީ ވަރަށް ބޮޑު ފަޤީރެކެވެ. ނިކަމެއްޗެކެވެ. ނަމަވެސް އޭނާ ނަމާދުކުރެއެވެ. ސުންނަތް ރޯދަވެސް ހިފައެވެ. ޤަވާއިދުން ދަމު ނަމާދުވެސް ކުރެއެވެ. 

އެއް ދުވަހަކު އޭނާ ފިހާރައަކަށް ވަދެ އެއްޗެއް ނެގިއެވެ. އަގު ދައްކަން ދިއުމުން ބުނީ 10 ދިރްހަމް ކަމަށެވެ. އޭނާގެ އަތުގައި އޮތީ އެންމެ 9 ދިރުހަމް ކަމަށްވުމުން އަގު އަދާކުރެވޭނެ ގޮތެއް ނުވިއެވެ. އެކަމާއިހުރެ ފިހާރައިގެ ސޭޓު އޭނާއަށް މަލާމާތް ކުރިއެވެ. އަދި އަތުގައި ލާރި ނެތް އިރު ފިހާރަތަކަށްވަދެ އެހެން މީހުންގެ ވަގުތުތައް ނަގައި ނުލުމަށްވެސް ބުންޏެވެ. 

އެވަގުތު ގިނަ ބައަކު އެތަނުގައި ތިބުމާއިއެކު އޭނާ ލަދުގަތެވެ. ދެރަވެސް ވިއެވެ. ނަމަވެސް ޖަވާބުގައި އޭނާ ބުންޏެވެ. "އާނއެކެވެ! ތިއަ ބުނީ ވަރަށް ބޮޑު ތެދެކެވެ. އަހރެންނަކީ ފައިސާ ނެތް ވަރަށް ނިކަމެތި ފަޤީރަކީމެވެ. ނަމަވެސް ރަނގަޅަށް ބަލައިފިނަމަ މި ފިހާރައިގެ ވެރި މީހާއަށްވުރެ އަހަރެން މުއްސަނދި ކަމަށްވެސް ވިދާނެއެވެ. ވީމާ މަލާމާތް ނުކުރާށެވެ. މަލާމާތް ކުރުމަކީ މުއުމިނުންގެ ސިފައެއްވެސް ނޫނެވެ. ކަލޭގެ ވަގުތުކޮޅެއް ބޭކާރު ކުރެވުނީތީ މާފަށްވެސް އެދެމެވެ." 

އެތަނުގައި ތިބި މީހުންނަށް ލިބުނީ ވެސް ކުއްލި ޙައިރާންކަމެކެވެ. އެ ފިހާރައަކީ މިލިއަނަރެއްގެ ފިހާރައެއް ކަމަށްވެފައި އަތުގައި 10 ދިރްހަމްވެސް ނެތް މީހަކު އެ މިލިއަނަރަށްވުރެ މުސަނދި ވެދާނެ ކަމަށް ދައުވާކުރުމުންނެވެ. 

ކޮންމެއަކަސް އެތަނުގައި ހުރި މީހަކު އޭނާއަށް ގޮވައިލިއެވެ. އަދި 10 ދިރްޙަމް ދީފައި ގަންނަން އުޅުނު އެތި ހިފައިގެން ދިއުމަށް އެދުނެވެ. ނަމަވެސް ޖަވާބުގައި ބުނީ މިވަގުތު އެ އެތި ބޭނުން ނޫން ކަމަށެވެ. އަމިއްލަ މަސައްކަތުން 10 ދިރްހަމަ ކުރެވުނީމައި އައިސް ގަންނާނެ ކަމަށެވެ. 

މި ޖަވާބުވެސް ވަރަށް އާދައާއި ޚިލާފް ޖަވާބަކަށެވެ. އެހެންކަމުން އެތަނުން އެކަކު އައިސް އޭނާގެ އަތުގައި ހިފިއެވެ. އަދި އޭނާގެ އަތުން ދޫނުކޮށް ގޮވައިގެން އެތަނުގެ 14 ވަނަ ބުރިއަށް އެރުމަށްފަހު އޮފީހަކަށް ވަދެ އިނދެ ސުވާލުތައް ކުރަން ފެށިއެވެ. އަދި ފިހާރައިގެ ވެރިމީހާއަށްވުރެ މުއްސަނދިވެދާނެ ކަމަށް ބުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. 

އޭނާ ބުންޏެވެ. "އެހައި ބޮޑެތި މުއްސަނދިންގެ މިކޮޅު ބޭންކު އެކައުންޓުތަކުގައި ވަރަށް ފައިސާ ގިނަވާނެއެވެ. ނަމަވެސް މިއަދު މަރުވި ނަމަވެސް އެކުގައި ގެންދާނެ ފައިސާ ވަރަށް މަދުވާނެއެވެ. އެހެންވީމާ އެކޮޅު އެކައުންޓުގައި ވަރަށް ފައިސާ މަދުވާނެއެވެ. އަދި ހުންނާނީ ވެސް މަރުވެދާނެތީ ވަރަށް ބިރުންނެވެ. 

އަހަރެންނަށް ބަލައިފިނަމަ މިދުނިޔޭގައި އަހަރެންގެ އަތަކު އެއްވެސް ފައިސާއެއް ނެތެވެ. ނަމަވެސް މިވަގުތު މަރުވުމަށްވެސް މިހުރީ ތައްޔާރަށެވެ. އެކޮޅުގެ އެކައުންޓަށް ވަރަށް ގިނަ ފައިސާ ޖަމާކޮށްފީމެވެ. އިރާދަ ކުރެއްވިއްޔާ އެކޮޅުގައި ވަރަށް މުއްސަނދިވާނެއެވެ." 

އޭނާގެ މިވާހަކަތައް ވެގެން ދިއައީ ސުވާލުކުރާ މީހާ ވަރަށް ބޮޑަށް ސިއްސުވައިލި ވާހަކަތަކަކަށެވެ. އެކޮޅަށް ފައިސާ ޖަމާކުރުމަކީ ދަންނަ ކަމަކަށްވެސް ނުވާތީއެވެ. އޭނާއަށް ފައިސާ ޖަމާކުރަން އެނގެނީ ހަމައެކަނި ބޭންކައި އޮންނަ އޭނާގެ އެކައުންޓަށެވެ. އެހެންކަމުން އެކޮޅަށް ފައިސާ ޖަމާކުރަނީ ކިހިނެއްތޯ ސުވާލު ކުރިއެވެ. 

އޭނާ ކިޔައި ދިނެވެ. އަހަރެން ނިދަނީ ކުޑަ އިރުކޮޅަކުއެވެ. ހޭލައި ދަމު ނަމާދުކުރަމެވެ. މިސްކިތުން ކޮންމެ ދުވަހަކުވެސް ފައިބަނީ އިރު ބަމައަކަށް އެރުމުން ޟުޙާ ނަމާދުކޮށްގެންނެވެ. އެކަމުން ފަރުޟު ޙައްޖަކާއި އުމުރާއެއްގެ ސަވާބު ދެއްވެވުމަށް އުންމީދުކުރަމެވެ. ކޮންމެ ނަމާދެއްވެސް ޖަމާއަތުގައި ކުރަމެވެ. މަހަކު މަދުވެގެން 11 ދުވަހު ރޯދަ ހިފަމެވެ. މިފަދަ ކިތަންމެ އަޅުކަމެއް ކުރަމެވެ. ބަދަލުގައި އަހަރެން އަބަދުވެސް އެދެނީ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެކަންޏެވެ. ދުނިޔަވީ އެއްވެސް ކަމަކު ނުއެދެމެވެ. ވީމާ އަހަރެން އުންމީދުކުރަނީ އަހަރެންގެ އެކޮޅު އެކައުންޓުގައި މިހާރު ވަރަށް ގިނައިން ޖަމާކުރެވިފައި ހުންނާނެ ކަމަށެވެ. 

ޙަޤީޤަތުގައި މިކަންކަން މި އޮޅުންފިލުވީ ފިހާރައިގެ އޯނަރެވެ. މި ނޫންވެސް އެތައް ބައިވަރު ފިހާރަތައް ހިންގާ ބޮޑު މިލިއަނަރަކެވެ. ފަޤީރު މީހާގެ ވާހަކަތަކުން މިލިއަނަރަށް ވަރަށް އަސަރުކުރިއެވެ. އޭނާ އެބުނީ ވަރަށް ބޮޑު ތެދަކަށްވާތީ އެވެ. ހަމަ ހަޤީޤަތުގައި ވެސް އެކޮޅު އެކައުންޓަށް އޭނާ އަށް ހަމަ އެއްވެސް ވަރެއް ޖަމާ ނުކުރެވޭކަން އިޙްޞާޞް ކުރެވުމުންނެވެ. 

ކުޑަކޮށް ވިސްނައިލަން އިނދެފައި ޗެކެއް ލިޔެލުމަށްފަހު ފަޤީރު މީހާއަށް ދިނެވެ. "ތިބާ ތިއަ ކޮށްދިނީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. އަހަރެންނަކީ މި ފިހާރައިގެވެސް ވެރި މީހާ ކަމަށް ތިބާ ބުނި މީހާއެވެ. އަހަރެންގެ މިކޮޅު އެކައުންޓުގައި ވަރަށް ގިނަ ފައިސާ އެބަހުއްޓެވެ. ނަމަވެސް އެކޮޅު އެކައުންޓުގައި ހަމަ ސުމެއް ކަމަށް ބުނެވިދާނެއެވެ. ވީމާ ތިއަ ޗެކަކީ ތިބާއަށް ދިން ޞަދަޤާތެކެވެ. އެކޮޅު އެކައުންޓް މިވަގުތުން ފެށިގެން މިހުޅުވީއެވެ. ތިއަ 1 މިލިއަން ދިރުހަމަކީ އެކޮޅު އެކައުންޓަށް ފުރަތަމަ ޖަމާކުރި ފައިސާއެވެ. އަދިވެސް ޖަމާކުރާނަމެވެ. ހެޔޮ އަމަލުންވެސް ޖަމާ ކުރާނަމެވެ. ދެމީހުން މި ރަޙްމަތްތެރިވީއެވެ. މަދުވެގެން ހަފްތާއަކު އެއްފަހަރު އަހަރެންނާއި ބައްދަލުކުރާށެވެ. އަދި އެކޮޅު އެކައުންޓަށް ޖަމާކުރެވޭ އަދަދާއިމެދު ސުވާލުކުރަންވެސް ވާނެއެވެ."  

މީސްތަކުންނޭވެ! މިހިރީ ހިނގާފައި ހުރި ކަންކަމެވެ. ﷲ ތަޢަލާގެ މަގުގައި ސާބިތުވެ ހުންނަ މީހާއަށް މިދުނިޔޭގައިވެސް ނިޢްމަތްތައް އޮއްސަވާނެއެވެ. އޮތީ ކެތްތެރިކަމާއިއެކު ސާބިތުވެ ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް