އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމެއްގައިވެސް ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވާ 5 ކަންތައް - ޙަދީޘުން

ކޮންމެ ކަމެއްގައިވެސް ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވާ 5 ކަންތައް - ޙަދީޘުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރަސޫލް ﷺ ވަނީކަންކަމުގައި އިންސާނާ ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ބޭނުންވާ 5 ކަންތައް ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ބާރުގަދަ މުއްމިންއެވެ. ހުނަރެއް ލިބިފައިވުމެވެ. އަދި އެކަމެއް މޮޅަށްކުރަން އެނގިފައިވުމެވެ. ޢިލްމުވެރިން ވިދާޅުވަނީ މީގެތެރޭގައި އީމާންކަމުގައި ވަރުގަދައަށް ސާބިތުވެހުރުންވެސް ހިމެނޭކަމަށެވެ. އަދި އެމީހަކަށް ލިބިފައިވާ ހުނަރާއިގެން ކުރިއަށްދާން މަސައްކަތްކުރުންވެސްހިމެނެއެވެ. އެފަދަ މީހާ އެފަދަ ކަމެއް ލިބިފައިނުވާ މީހަކަށްވުރެ މަތިވެރިއެވެ. ބާރުގަދަ މުއްމިނަކީ އެމީހެއްގެ ފަންނުން އެންމެ މޮޅަށް އުނގެނިގެން ހުންނަ މީހެކެވެ. ނަމަވެސް ދެ މީހުންނަކީވެސް ރަނގަޅު ދެމީހުންނެވެ. 

ދެވަނަ ކަމަކީ ލިބިފައިވާ ހުނަރާއިގެން އަތްއުރާލައިގެން ނުހުރެ ކުރިއަށްދާން މަސައްކަތްކުރުމެވެ. އަމާޒުތަކެއް ކަނޑައަޅައިގެން ތިމާއަށް ފައިދާކުރާނެ ކަންކަންކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުމަކީވެސް މީގެ ތެރޭގައި ހިމެނެއެވެ. 

ތިންވަނަ ކަމަކީ ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ދުޢާކުރުމެވެ. 

ހަތަރުވަނަ ކަމަކީ ކުރާ ކަންކަމުގައި ސާބިތުވުމެވެ. މާޔޫސްވެ ފަހަތަށް ނުޖެހުމެވެ. އެއްގޮތަކުން ކުރިއަށް ނުދެވުނުނަމަ އެހެން ގޮތެއް ހޯދައިގެން ނަމަވެސް ކުރިއަށް ދިއުމެވެ. ޔަޤީންކަމާއިއެކު ކުރިއަށްދާން މަސައްކަތްކުރުމެވެ. 

ފަސްވަނަ ކަމަކީ ކުރަން ޤަޞްދުކުރި ކަންތަކުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމަ ﷲ ތަޢާލާއަށް ވަކީލުކޮށް ކުރިއަށްދެވޭނެ އެހެން ކަމެއް ވިސްނައިގެން އެކަމެއްގައި ކުރިއަށްދާން މަސައްކަތްކުރުމެވެ. ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން އިސްތިޚާރާކުރުން މުހިންމުވަނީ މިސަބަބަށްޓަކައެވެ. 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް