އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ކުޑަކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ދުޢާކުރަން އާދަކުރާށެވެ!

ކިތަންމެ ކުޑަކަމަކަށް އެދިގެން ދުޢާކުރިނަމަވެސް އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ދުޢާކުރަން އާދަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

މިއަދަކީވެސް ހުކުރު ދުވަހެކެވެ. ހުކުރު ދުވަހަކީ ދުޢާކުރުން ގިނަކުރަންޖެހޭ ދުވަހެކެވެ. ދުވަހުގައި ހިމެނޭ ދުޢާޢިޖާމަކުރައްވަވާ ވަގުތުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން އެދުޢާ ޢިޖާބަކުރައްވަވާނެތެވެ. އެހެންކަމުން މިބަޔާންކުރަނީ ދުޢާކުރުމުގައި ސަމާލުކަންދޭންޖެހޭ ބައެއް ކަންކަމެވެ. 

ކޮންމެ ކަމަކަށް ނަމަވެސް، ކިތަންމެ ކުޑަކަމަކަށް އެދިގެން ދުޢާ ކުރާނަމަ އެއީ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ! ދުޢާ ކުރުމަކީ ހަމަ ހުރެފައި ކޮށްލާ އާދައިގެ ކަމަކަށް ނުހަދާށެވެ. އެހެނީ ދުޢާ ކުރުމުގެ ކުރިން ވުޟޫކޮށް ދެ ރަކްޢަތް ނަމާދެއް ކުރުމަށް ރަސޫލް (ﷺ) ހަދީޘްފުޅު ކުރެއްވެވިކަން ސާބިތުވެފައިވާތީއެވެ. 

ރުކޫޢުގައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އަދި ސަޖިދައިގައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ. ދުޢާ ކުރުމަށް ރޭގަނޑުގެ ތިންބައިން ފަހުބައި ޚާއްޞަކުރާށެވެ! ސަޖިދައިގެ ވަގުތު ފިޔަވައި ދުޢާކުރަން އެންމެ މަތިވެރި ވަގުތަކީ އެއީއެވެ. ސަޖިދައިގައި އޮވެ އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. 

ސުންނަތް ރޯދައަށް ހުންނަ ދުވަސްތަކުގައިވެސް ދުޢާކުރުން ގިނަކުރާށެވެ! ހިފާ ރޯދައިގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކައެވެ. ހަމައެއާއިއެކު ބަންގި ޢާއި ޤަމަތާއި ދެމެދު ދުޢާކުރަން ހަނދާން ނައްތައިނުލާށެވެ! ބަންގި ގޮވުމުން އަވަހަށް މިސްކިތަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އެއީއެވެ. ބަންގި ނިމުމުން ސުންނަތްކުރުމަށްފަހު ދުޢާ ކުރާނެ ވަގުތުކޮޅެއް ހޯދުމެވެ. 

ބައެއް މީހުން ހަމައެކަނި ދުޢާ ކުރުމުގެ ބޭނުމުގައި ފަރުޟު ޙައްޖު އަދާކުރުމަށް ވެސް އެބަ ދެއެވެ. ނަމަވެސް ޙައްޖަށް ދާން ޖެހޭނީ އެ މަތިވެރި ރުކުން އަދާކުރުމުގެ ބޭނުމުގައެވެ. ޙައްޖަށް ގޮސް ހުރުމުގެ ތެރޭގައި އެމީހަކު ބޭނުން ވަރަކަށް ހަމަ ދުޢާކުރަންވީއެވެ. އެދެން ބޭނުންވާހައި ކަންކަމަށް އެދި ދަންނަވަންވީއެވެ. މާތްވެގެންވާ ޙަރަމްފުޅުގައި ކުރެވޭ ދުޢާއަކީ އެހައިމެ މަތިވެރިވެގެންވާ ދުޢާއެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް