އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ ތައާރަފްކޮށްފި

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

 

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ އަދި 2021 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ތައާރަފުކޮށްފިއެވެ.

މީރާއިން މައުލޫމާތުދޭގޮތުގައި، މި ޕޮލިސީއަކީ ޓެކުހާގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއި ފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލައިފައިވާ ޕޮލިސީއެކެވެ.

ކުރިއަށް އޮތް ތަނުގައި ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުން އިތުރުކުރުވުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުގެ ބާވަތަށާއި ކުޑަބޮޑުމިނަށް ބަލައި، ކޮމްޕްލަޔަންސް ރިސްކްތައް ދެނެގަނެ، ވަޒަންކޮށް، ގިންތިކޮށް، އެ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. މި ޕޮލިސީގައި ޓެކްސް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މީރާއިން ބޭނުންކުރާނެ މޮޑެލް ހިމަނާފައިވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ޕޮލިސީއާއެކު، މީރާއިން ވަނީ 2021 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ތައާރަފުކޮށްފައެވެ. މި ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި 2021 ވަނަ އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު 4 ކަމެއްވަނީ ހިމަނާފަވެއެވެ. މިގޮތުން، އެންމެ އިސްކަމެއް ދީފައިވަނީ 2020 ވަނަ އަހަރު އަލަށް ތަޢާރަފު ކުރެވުނު އިންކަމް ޓެކުހާގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުވައިދިނުމަށާއި ކޮވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސް އަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް މީރާއިން މައުލޫމާތުދެއެވެ.  

މީގެއިތުރުން، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި 2018 އަދި 2019 ވަނަ އަހަރުގެ ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި މައްސަލަ ހުރި ފަރާތްތައް ދެނެގަނެ އެމައްސަލަތަކާއި އެކަށޭނެ ފިޔަވަޅު އެޅުމަށްޓަކައި ހިންގޭނެ ޚަރަކާތްތައްވެސް އެ ޕްލޭންގައި ހިމަނައިފައި ވާނެކަމަށް މީރާއިން މައުލޫމާތުދެއެވެ. އޭގެތެރޭގައި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ މައުލޫމާތު ދިނުމާއި އެ ފަރާތްތަކާ ގުޅިގެން ޓެކުހާގުޅޭ މައްސަލަތައް ހައްލުކުރުމާއި އޮޑިޓް ކުރުމުގެ އިތުރުން ޓެކުހަށް މަކަރު ހަދާ ފަރާތްތަކުގެ ތަހުގީގު ހިންގުން ހިމެނޭކަމަށް މީރާއިން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް