އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީއެވެ.

މި ތަކެއްޗަކީ ހޮވައިގެން  ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ޖަނަވަރީ 5 ވަނަ ދުވަހު ފަނޑިޔާރު މިސްކިތްކައިރިން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ޔޫއެމްއައި ބްރޭންޑްގެ މޮބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 475029

ޖަނަވަރީ 6 ވަނަ ދުވަހު ހަވީރީހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ފެންމޯޓަރެއް. އިންސިޑެންޓް ނަންބަރު 475099

ޖަނަވަރީ 6 ވަނަ ދުވަހު ސެނަހިޔާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ އެޗްބީ ބްރޭންޑްގެ ލެޕްޓޮޕެއް. އިންސިޑެންޓް ނަންބަރު 475132

ޖަނަވަރީ 6 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ލިފްޓް އެލާމް ދެ ސިސްޓަމް. އިންސިޑެންޓް ނަންބަރު 475098

ޖަނަވަރީ 8 ވަނަ ދުވަހު މަޖީދީމަގު ސޮނީހާޑްވެއާ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްގެ އަތުން ފެނިފައިވާ މަކީޓަރ ބްރޭންޑްގެ ގްރޭންޑަރަކާއި ކަރަންޓް ނަރުތަކެއް. އިންސިޑެންޓް ނަންބަރު 475311

ޖަނަވަރީ 8 ވަނަ ދުވަހު ޕޮލިޓެކްނިކް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ބޫޓުތަކަކާއި ފައިވާންތަކެއް. އިންސިޑެންޓް ނަންބަރު 475324

ޖަނަވަރީ 8 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ސެމްސަންގ އޭ 30 ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 475359

ޖަނަވަރީ 9 ވަނަ ދުވަހު އިސްކަންދަރު ސްކޫލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ގޯނި ކަރަންޓު ނަރު. އިންސިޑެންޓް ނަންބަރު 475370

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅާއި އިންސިޑެންޓު ނަންބަރު ވިދާޅުވެދެއްވުން އެދެއެވެ.

އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދެއވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު