އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކޮށް ތަޅުލެވޭނެއެވެ! ސުވަރުގޭގެ ދޮރުކޮޅުތައް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ!

މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ބަންދުކޮށް ތަޅުލެވޭނެއެވެ! ސުވަރުގޭގެ ދޮރުކޮޅުތައް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ޤިޔާމަތްދުވަހު ނަރަކައަށް ވައްދަންޖެހޭ މީހުން ވައްދައި ނިމުމުން ނަރަކައިގެ ދޮރުތައް ލައްޕައި ތަޅުލެވި ބަންދުކުރެވޭނެއެވެ. ނަރަކައިވާ އެއްވެސް މީހަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން ނޫނީ އެތަނުން ނުނުކުމެވޭނެ ގޮތަށެވެ. އެއީވެސް ނަރަކައިގައި ތިބެންޖެހޭ މީހުން އިތުރަށް ބިރުގަންނާނެ ކަމެކެވެ. 

ޖަލުތކުގެ ދޮރުތައް ތަޅުލައި ބަންދުކުރަނީ މީހަކު ފިލައިފާނެކަމަށްޓަކައެވެ. ފިލުމުގެ ފުރުޞަތު އޮތުމުންނެވެ. އެއްވެސް މީހަކަށް ނަރަކައިން ނުފިލޭނެއެވެ. ދޮރުތައް ބަންދުކުރައްވަވަނީ މީސްތަކުން އިތުރަށް ބިރުގެނެނެވުމަށްޓަކައެވެ. ﷲ ތަޢާލާ ސަލާމަތްކުރެއްވެވުމުން ނޫނީ އެއްވެސް މީހަކަށް ނަރަކައިން ސަލާމަތްނުވެވޭނެކަން އެނގުމަކީ ވެސް ކިހައިބޮޑު ބިރެއްހެއްޔެވެ؟ 

ބިރުގަންނަންވީ ނަރަކައަށް ވައްދަވައި ނަރަކައިގައި ތަޅުލެވުމަކުން ނޫނެވެ. ދުނިޔޭގައި ހުރެއެވެ. ބިރުވެރިކަމުން ފުރިގެންވާ ނަރަކައަސް ވަންނަން ޖެހިދާނެ ކަމަށެވެ. 

އެއިގެ ބަދަލުގައި ސުވަރުގެ ވައްދަވާނެ މީހުން ވެއްދެވުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައި ލައްވަވާގޮތަށް އެދޮރުކޮޅުތައް ދުވަހަކުވެސް ބަންދުނުކުރައްވަވާނެތެވެ. ސުވަރުގޭގައިވަނީ އުފާވެރިކަމާއި ސަލާމަތާއި ރައްކައުތެރިކަމެވެ. ސުވަރުގެ ވައްދަވައިފި އެއްވެސް އަޅަކު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ކުރިމަތިނުވާނެއެވެ. އަބަދުވެސް ތިބޭނީ ހިނިތުންވެގެންނެވެ. 

މީސްތަކުންނޭވެ! އަހަރެމެންގެ ގޮދޮރާއި ގުދަންތަކާއި ފިހާރަތަށް ތަޅުލަނީ ރައްކަތެރިކަން ލިބިގަތުމަށެވެ. އެއްވެސް ނުރައްކަލެއް ނެތްތަނެއްގައި އެއްވެސް ދޮރެއް ތަޅުލާކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ 

- މައްލޫމާތު: ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް