އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމް ބުޚާރީއަށް ރަސޫލް ޞޢވ, ފެނިވަޑައިގެންނެވި ހުވަފެންފުޅު-

އިމާމް ބުޚާރީއަށް ރަސޫލް ޞޢވ, ފެނިވަޑައިގެންނެވި ހުވަފެންފުޅު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

"ހުވަފެނުގައި ރަސޫލް ﷺ ފެނުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ހުވަފެނުގައި ރަސޫލް ﷺ ފެނިއްޖެ މީހަކަށް ރަސޫލް ﷺ ފެންނާނެކަމާއި ޝައިޠޯނާއަށް ރަސޫލް ﷺ ގެ ސިފަފުޅުގައި ހުވަފެނުގައިވެސް ނުފެނެވޭނެކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

" This is not surprising, because the Prophet is held so dearly by all Muslims. They love him and cherish him. Their ultimate wish is to be close to him on the Day of Judgment. So, when he appears to them in a dream, they feel such closeness to him to be real. The Prophet has made it clear that such dreams in which he appears are true. Anas quotes the Prophet as saying: “Whoever sees me in a dream has actually seen me. Satan cannot appear in my guise.” He also said: “Dreams by a believer count as one part of 46 parts of prophethood.” (Related by Al-Bukhari, Muslim, Abu Dawood, Al-Tirmidhi, Ibn Majah)."

އިމާމް ބުޚާރީއަށް ހުވަފެންފުޅުގައި ރަސޫލް ﷺ ފެނިވަޑައިގެންނެވިއެވެ. ފެނިވަޑައިގަތީ ރަސޫލް ﷺ ގެ ހަށިކޮޅުން މެހިފައްސަނިކޮށެވެ. ހުވަފެންފުޅު ފެނިވަޑައިގަތުމުން ހުވަފެން ތަޢްބީރުކުރުމުގެ ޢިލްމުން ކުރީގައި ތިއްބެވި ބޭކަލުންގެ އެހީތެރިކަން ހޯއްދެވިއެވެ. 

އެބޭކަލުން ދެންނެވީ އިމާމް ބުޚާރީވެވަޑައިގަންނަވާނީ ރަސޫލް ﷺ ގެ ސުންނަތާއި ޚިލާފަށް ފަތުރާ ކަންކަމުން ސުންނަތް ދިފާޢުކުރައްވަވައި ޙަޤީޤަތް ހާމަކުރައްވާ ބޭކަލަކުކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ. 

އެކަމަށް އިމާމް ބުޚާރީ ކުރެއްވެވި މިންނަތް މަސައްކަތްޕުޅުގެ ތެރެއިން ޟަޢީފް ޙަދީޘް އާއި ޞަޙީޙް ޙަދީޘް ވަކިކުރަން އެނގޭގޮތަށް އެކުލަވައިލެއްވެވި ޙަދީޘްފޮތަކީ އެކަމުގެ ފަންނުގައި އެންމެ މަތީފަންތީގައިވާ އެއްފޮތެވެ." 

- ޝައިޚް މުޢިއްޒު ބުޚާރީގެ ދަރުސަކުން 

ރަސޫލް ﷺ ގެ ސުންނަތް ދިރުވުމަކީ ކޮންމެ މުސްލިމަކަށްވެސް އޮތް އެންމެ މުހިންމު އެއް މަސައްކަތެވެ. އެމަސައްކަތުގައި ސާބިތުވެ ހުރެވިއްޖެނަމަ ހަަމ ކޮންމެ މުސްލިމަކަށްވެސް ޤިޔާމަތްދުވަހު ރަސޫލް ﷺ ގެ އެންމެ އަރިއަހުގައި ހުރުމުގެ ފުރުޞަތު ލިބިގެންދާނެތެވެ. އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް