އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޭގެ އެންމެންނަށް އެނގުނުނަމަވެސް ހިނައިގަންނާށެވެ!

ގޭގެ އެންމެންނަށް އެނގުނުނަމަވެސް ހިނައިގަންނާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ދެމަފިރިން ރޭކުރުމަށްފަހު ހިނައިގަންނަން ޖެހޭނެއެވެ. ފަތިސްނަމާދުކުރަންޖެހޭނެއެވެ. ހިތާމައަކީ ގޭގެ މީހުންނަށް އެނގިދާނެތީ ލަދުން ހިނައި ނުގަނެ ތިބޭކަމެވެ. ހިނައިގަތުމަކީ ލަދުގަންނަން ޖެހޭނެ ކަމެއް ނޫނެވެ. ތިބާކުރީ ޙަލާލް ޢަމަލެކެވެ. އަދި އަޅުކަމެއްވެސްމެއެވެ. ވީއިރު ގޭގެ އެންމެންނަށް އެކަން އެނގުމަކުން ލިބޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ 

ފަރުޟު ނަމާދަކަށް ހުރަސް ނުއެޅޭނެ ގޮތަށް ހިނައިގަތުން ލަސްކުރެވިދާނެއެވެ. އެކަން ހުއްދައެވެ. ނަމަވެސް ރޭކުރުމަށްފަހު ހިނައިގަނެގެން ނިދުމަކީ ޞިއްޙަތަށް އެންމެ ފައިދާހުރި ގޮތެވެ. އަދި ހިނައިގަތުން އަވަސްކުރުމަކީވެސް އެންމެ ފައިދާހުރި ގޮތެވެ. 

ރަސޫލް ޖުނުބުވެރިހާލުކޮޅުގައި އަވަހާރަފުޅު ލެއްޕެވިއެވެ. ނަމަވެސް އަވަހާރަފުޅުލެއްޕެވުމުގެކުރިން ވުޟޫކުރައްވަވައެވެ. ވީމާ ހިނައި ނުގަނެ ނިދާނަމަ ވުޟޫކުރުމަކީ ސުންނަތެކެވެ. އަދި ހިނައިނުގަނެ ނިދާނަމަ ވުޟޫކޮށްގެން ނިދުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

Narrated `Umar bin Al-Khattab:

I asked Allah's Messenger (ﷺ) "Can any one of us sleep while he is Junub?" 

He replied, "Yes, if he performs ablution, he can sleep while he is Junub." ."   Saheeh Bukhari: 287

Narrated `Abdullah bin `Umar:

`Umar bin Al-Khattab told Allah's Messenger (ﷺ), "I became Junub at night."

 Allah's Messenger (ﷺ) replied, "Perform ablution after washing your private parts and then sleep."   Saheeh Bukhari: 290

މިޙަދީޘްފުޅުން އެނގިގެން މިދަނީ ޖުނުބުވެރި ޙާލުގައި ނިދާނަމަ ގުނަވަންތައް ދޮންނަންޖެހެނެކަމާއި އަދި ވުޟޫކުރަންޖެހޭނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް