އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިފަދަ ފިރިއަކު ލިބިއްޖެނަމަ ކިޔަމަންތެރިވުމުގެ ގޮތުން ކުރިމަތީގައި ކުޑަކަކޫވެސް ޖަހާށެވެ! ލޯބިދީ ޚިދުމަތްކުރުމުގަ ޤުރްބާންވެސްވާށެވެ!

މިފަދަ ފިރިއަކު ލިބިއްޖެނަމަ ކިޔަމަންތެރިވުމުގެ ގޮތުން ކުރިމަތީގައި ކުޑަކަކޫވެސް ޖަހާށެވެ! ލޯބިދީ ޚިދުމަތްކުރުމުގަ ޤުރްބާންވެސްވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ފިރިމީހާ ގެއަށް އައިސް އަނބިމީހާ އާއި ސުވާލުކުރިއެވެ. "ޢަޞްރު ނަމާދުކޮށްފިން ހެއްޔެވެ؟"

ޖަވާބުގައި ބުނީ ނުކުރާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ބޭރުން އައިއިރު ވަރުބަލިވެފައި ހުރުމުން ފަރުވާކުޑަކޮށްލާފައި ނިދުނީ ކަމަށެވެ. 

އަނެއް ދުވަހަކީ ފިރިމީހާ އެހެން ސިޓީއަކަށްދާން އޮތް ދުވަހެކެވެ. ފްލައިޓް ޖައްސާނެ ވަގުތު ބަލައި ފިރިމީހާއަށް އަނބިމީހާ ގުޅަމުން ގެންދިއައެވެ. ފޯން ރިންގވެއެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. 

ފިރިމީހާ އަނބިމީހާއަށް ގުޅިއެވެ. ހޮޓަލަށް ދެވުނުތާ 4 ގަޑިއިރު ފަހުންނެވެ. އަނބިމީހާގެ ފޯނުކޯލުތަކަށް ޖަވާބުނުދީ އެހައި ލަސްކުރީތީ ގިނަ ޝަކުވާތަކެއް ކުރިއެވެ. 

ފިރިމީހާ ބުންޏެވެ. "ވަރުބަލިވެފައި ހުރުމުން ނިދައިލީއެވެ." 

ޖަވާބުގައި "ފޯނު ނަގާފައި 3،4 މިނިޓް ވާހަކަ ދައްކާލާފައި ނުނިދީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ފިރިމީހާ ބުންޏެވެ. "އިއްޔެ ތިބާ ޢަޞްރު ނަމާދުކޮށް ނިދުމުގެ ކުރިން ނަމާދުކޮށްލަން ނަގާނީ ހަމަ 4،5 މިނިޓް ނޫންހެއްޔެވެ؟ އަހަރެންނަށް ފޯނުކުރުމަށްވުރެ ﷲ ތަޢާލާގެ ގޮވާލެއްވެވުމަށް (ބަންގިއަށް) ޢިޖާބްދިނުން މާ މުހިންމު ނޫން ހެއްޔެވެ؟ ބޮޑަށް ލޯބިވާންވީވެސް ފަރުވާ ބަހައްޓަންވީވެސް ﷲ ތަޢަލާއަށް ނޫން ހެއްޔެވެ؟"

އަނބިމީހާ މާފަށް އެދުމުން ފިރިމީހާ ބުންޏެވެ. "މާފަށް އެދެންވީ އަހަރެންގެ ކިބައަކުން ނޫނެވެ! ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަހަރެންނަށް ލޯބިދެވެނީވެސް އަދި ކަމެއް ކޮށްދެވެނީވެސް ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ދެމީހުންނަށް އެކުގައި ސުވަރުގެ ވަދެވޭނީ އެކަމަސް އެދިގެން ދެމީހުން ކުރާ މަސައްކަތުންނެވެ." 

ލޮބުވެތި އުޚުތުންނޭވެ! ތިއަ ކަނބަލުންދެގެ ޙަޤީޤީ ލޯބިވާ ފިރިއަކު ނަމަ އެންމެ ބޮޑަށް ބޭނުންވާނީ ތިބާ އާއިއެކު ސުވަރުގޭގައިވުމަށެވެ! އެފަދަ ފިރިން އެންމެ ބޮޑަށް ކަންބޮޑުވާނީ އަނބިމީހާގެ ނަމާދާއިމެދުގައެވެ. އަދި ހަމަ އަނބިމީހާވެސް ހަމަ މިގޮތަށް ފިރިމީހާ އާއިމެދު ކަންތައްކުރަންވާނެއެވެ. ވިސްނަިދޭންޖެހޭ ކަންކަމުގައި ވިސްނައިދޭންވާނެއެވެ! ދެމަފިރިންނަށް އެކުގައި ސުވަރުގެ ވަދެވޭނީ އެއިރުންނެވެ. 

މިފަދަ ފިރިއަކު ލިބިއްޖެނަމަ ކިޔަމަންތެރިވުމުގެ ގޮތުން ކުރިމަތީގައި ކުޑަކަކޫވެސް ޖަހާށެވެ! ލޯބިދީ ޚިދުމްތަކުރުމުގަ ޤުރްބާންވެސްވާށެވެ! މިފަދަ އަންތބަކު ލިބުނުނަމަވެސްމެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް