އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުޑަ ހިތްވަރަކުން ތިބާ އެދޭ ހުރިހާ ކަންކަން ދުނިޔޭގަވެސް ފުރިހަމަވުވުމުގެ ފުރުޞަތު އެބައޮތްކަން ޙަދީޘުން-

ކުޑަކުޑަ ހިތްވަރަކުން ތިބާ އެދޭ ހުރިހާ ކަންކަން ދުނިޔޭގަވެސް ފުރިހަމަވުވުމުގެ ފުރުޞަތު އެބައޮތްކަން ޙަދީޘުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

ޙަދީޘްފުޅުގައި އޮތީ ގިނަގިނައިން ވުޟޫކުރުމަކީ އެމީހާގެ ފާފަތައް ފުހެވިގެންދާނެ ކަމެއް ކަމަށާއި އަދި ދަތި އުނދަގޫޙާލަތުގައި ވުޟޫކުރުމަކީ ސުވަރުގޭގައި އެމީހާގެ އެތައް ގުނައަކަށް މަތިވެރިކުރައްވަވާނެ ޢަމަލެއް ކަމަށެވެ. 

އަދި ކީއްހެއްޔެވެ؟ ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި، ކިތަންމެ ލޯބިވާ ބައިވެރިއެއް ނަމަވެސް އެކަނި އެނދަށް ދޫކޮށްލައި ކިތަންމެ އަރާމު އެނދަކުން ނަމަވެސް ތެދުވެ ރޭގަނޑޫގެ ފިނިކަމުގެ ނުވަތަ އެނޫންވެސް ދަތި އުނދަގޫ ޙާލަތުގައި ވުޟޫކުރާނަމަ އެމީހަކައިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެތެވެ! އަދި އެމީހާ އެދޭ ކަންކަން ދުނިޔޭގައި ވެސް ދެއްވަވާނެތެވެ!

ވުޟޫދުޢާގައި ހިމެނިގެންވަނީ 3 ބައެވެ. ފުރަތަމަބައިގައި މިވަނީ ތައުޙީދެވެ. ﷲ ތައާލާ އެއްކައުވަންތަކުރުމާއި ރަސޫލް ﷺ ގެ ރަސޫލްކަން ޤަބޫލުކުރުމެވެ. މިފަދައިން ދުޢާކުރުމަކީ ހިތުގެތެރެއިން ޝައިޠޯނާ ނުކުމެގެންދާ ކަމެކެވެ. ޝައިޠޯނާގެ ވަސްވާސްތައްވެސް ފިލައިގެންދާ ކަމެކެވެ. 

أَشْهَدُ أَنْ لَا إِلَهَ إلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ

I testify that there is no god but Allah, the One, there is no associate with Him and I testify that Muhammad is His servant and His Messenger.

(Sahih Muslim)

ދެވަނަ ބައިގައި މިވަނީ ތައުބާވާ އަޅުންގެތެރެއިން ލައްވަވައި ދެއްވެވުމަށާއި އަދި ޠޯހިރުވާ އަޅުންގެތެރެއިން ލައްވަވައި ދެއްވެވުމަށެވެ. އެމީހަކޫ ގިނަގިނައިން ތައުބާވާ އަދި ޠޯހިރު ޢަމަލުތައް ކުރާ އަޅަކު ކަމުގައި ވެވިއްޖެ މީހަކާއި ޝައިޠޯނާއަށް ވަސްވެސް ނުއެޅޭނެއެވެ.

اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

O Allah! Make me among those who repent, and among those who purify themselves.

(Jami’ At-Tirmizi)

 ތިންވަނަ ބައިގައި މިވަނީ ވެސް ﷲ ތަޢާލާ މަތިވެރިކުރުމާއި ޙަމަދްޘަނާ ކިޔުމެވެ. މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމާއި ތިމާ ތައުބާވާކަމާއި ތައުބާ ޤަބޫލުފުޅުކުރައްވަވައިދެއްވެވުން އެދޭކަން ބަޔާން ކުރުމެވެ. 

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

Glory is to You, O Allah, and praise be upon You. I bear witness that there is none worthy of worship but You. I seek Your forgiveness and turn to You in repentance.

(Sunan Abi Daud)

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް