އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮލަފާ ތަޤްވާވެރިންގެ މޫނުގައި ނޫރެއްވާނެ! އޭނާފަދަ ހެޔޮލަފާ ތަޤްވާވެރިންނަށް އެ ނޫރު ފެންނާނެ!: މުފްތީ މެންކް

ހެޔޮލަފާ ތަޤްވާވެރިންގެ މޫނުގައި ނޫރެއްވާނެ! އޭނާފަދަ ހެޔޮލަފާ ތަޤްވާވެރިންނަށް އެ ނޫރު ފެންނާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އެމީހަކީ ރަނގަޅު މީހެއްނަމަ ދޮގުވެރިންނާ ތެދުވެރިން އެމީހުންގެ މޫނުން ވަކިކުރަން އެނގޭނެއެވެ. އެމީހަކީ ހެޔޮލަފާ މީހެއްކަންވެސް އަދި ނުބައި ނުލަފާ ޖާހިލެއްކަންވެސް މޫނުން އަންގައިދޭނެއެވެ. މިކަމަށް އޮތް ޝަރުޠަކީ އެމީހަކީ ތެދުވެރި ތަޤްވާވެރިއެއްކަމުގައިވުމެވެ. 

މިބުނި ފަދައިން ތެދުވެރިންނާއި ދޮގުވެރިން ވަކިކުރަން އެނގެނީ ތެދުވެރިންގެ މޫނުމަތީގައިވާ ނޫރަކުންނެވެ. އެނޫރު ފެންނާނީ ކުރިންވެސް މިބުނި ފަދައިން ތެދުވެރި ތަޤްވާވެރިންނަށެވެ.

މީހުންނާއި ބައްދަލުވުމުން އެއީ ނުބައި މީހެއްނަމަ އެކަން ދެނެގަންނަން ނުއެނގެނީ އަހަރެމެންގެ ކިބައިގައި އެކަން ދެނެގަތުމަށް ބާރުލިބެންވާވަރަށް ތަޤްވާވެރިކަން ނެތުމުންނެވެ. ދެންމިވާގޮތަކީ މީހާ ރީތިވެފައި ރީތި ހެދުމެއްގައި ހުރެއްޖެނަމަ އެއީ ރަނގަޅު މީހެއްކަމަށްބެލެނީއެވެ. އޭނާގެ ބޭރުފުށުގެ ސިފަތަކަށްބަލައި ގޮތް ނިންމައިލެވެނީއެވެ. 

މީސްތަކުންނޭވެ! ކިތަންމެ ކަޅު، ސިފަ ހުތުރުމީހަކުނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރިނަމަ އެމީހާގެ މޫނުމަތިން އެކަން އަންގައިދޭނެއެވެ! އޭނާގެ މޫނުގައި ދިއްލިފައިވާ ނޫރެއްވާނެއެވެ. އެނޫރުގެ އަލިކަން ފެންނާނީ ވެސް ހަމައޭނާފަދަ ތަޤްވާވެރިންނަށެވެ. 

މިޒަމާނުގައި ނުބައި މީހުންދެކެ ލޯބިވެވުމާއި އެފަދަ މީހުން އެކުވެރިންގެ ގޮތުގައި ގެންގުޅެވުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެކަމުގެ ސަބަބުން ކޮންމެ ދުވަހަކު އެތައް ހާސްބައަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. ވީމާ އެފަދަ މީހުން ދެނެގަތުމަސްޓަކައިވެސް ތިމާއަކީ ތަޤްވާވެރިއަކަށްވެ ނޫރު ލިބިފައިވާ މީހަކަސްވުމަށް މަސައްކަތްކުރާށެވެ. 

ރަސޫލް މަދީނާއަށް ހިޖުރަކުރެއްވެވިއިރު ޔަހޫދީންގެ ތެރޭގައި ތިބި ހެޔޮލަފާ މާތް މީހުންނަށް އިތުރުއެކަލޭގެފާނު ފެނުމާއިއެކު އިތުރުއެކަލޭގެފާނަކީ ދޮގުވެރިއެއް ނޫންކަމާއި ތެދުވެރިއެއްކަން ވަކިކޮށް ދެނެގަންނަން އެނގުނީ އެމީޙުންނަކީ ޔަހޫދީންކަމުގައިވީނަމަވެސް މާތް ބައަކުކަމުގައިވުމުންނެވެ. އެމީހުން އަވަސް އަވަހަށް ރަސޫލް އަށް ތަބަޢަވީ އެހެންވެގެންނެވެ. އެއިގެ ތެރެއިން އެއް ބޭކަލަކީ ޢަބްދުﷲ ބުން ސަބަޙްއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް