އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"އައްސަލާމްޢަލައިކުމް" ކިޔާފައި އަނިޔާވެރިވުން ހުއްޓާލައިގެން ނޫނީ ހަމަޖެހުމާއި އުފާވެރިކަމެއް ނުލިބޭނެ!: މުފްތީ މެންކް

"އައްސަލާމްޢަލައިކުމް" ކިޔާފައި އަނިޔާވެރިވުން ހުއްޓާލައިގެން ނޫނީ ހަމަޖެހުމާއި އުފާވެރިކަމެއް ނުލިބޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

"އައްސަލާމްޢަލައިކުމް"ގެ ލަފްޒީ މާނައަށް ބަލައިފިނަމަ އެއީ ތިބާއަށް ސަލާމްހުޓެވެ! ނަމަވެސް އެއިގެ ޙަޤީޤީ މާނައަކީ ތިބާއަށް ތިމާގެ ކިބައިން ސަލާމަތާއި ރައްކައުތެރިކަން ހުއްޓެވެ! އެއްވެސް ބިރުވެރިކަމެއް، ނުރައްކަލެއް ނެތެވެ. 

ނަމަވެސް މިއަދު "އައްސަލާމްޢަލައިކުމް"ގެ މާނަ މިވަނީ މުޅިން ބަދަލުކޮށްލައިފައެވެ. "އައްސަލާމްޢަލައިކުމް" ކިޔައި ބައްދަލުކޮށްފައި އެމީހަކަށް ޙަމަލާވެސް ދެނީއެވެ. އެއްޗެތިވެސް ގޮވަނީއެވެ. އަނިޔާވެރިވެސްވަނީއެވެ. ގެއްލުންވެސްދެނީއެވެ. 

"އައްސަލާމްޢަލައިކުމް" ކިޔައި ގެއަށްވަދެފައި ގޭގައި ތިބޭ މީހުންނަށް ވެސް މިބުނިފަދައިން ކަންކަން ކުރަނީއެވެ. ހިތުގައި ޖައްސައި ރޮއްވަނީއެވެ. ތަޅައި އަނިޔާވެސްކުރަނީއެވެ. 

މީސްތަކުންނޭވެ! މިގޮތަށް ކަންކަން ނުކުރާށެވެ! "އައްސަލާމްޢަލައިކުމް" އެއިގެ ފުރިހަމަ މާނައިގައި ބޭނުންކުރާށެވެ! އެއިރުން ދިރިއުޅުމުގެ ގިނަ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ! މީސްތަކުންނާއިއެކު އުފަލުގައި ދިރިއުޅެން ފަސޭހަވެގެންދާނެއެވެ! ނޫނީ އަމިއްލަ ދިރިއުޅުމުގައިވެސް އަދި މުޖުތަމައުގެ ކަންކަމުގައިވެސް ހަމަޖެހުމާއި އުފާވެރިކަން އޮންނާނީ ނުލިބިފައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް