އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ނިކަމެތި ނަމަވެސް ﷲ ތަޢާލާ މަތިން ހަނދުމަކުރާ މީހާ ހުންނާނީ އުފަލުން!: ޝައިޚް ޝަފީޢު ޢަބްދުﷲ

ކިތަންމެ ނިކަމެތި ނަމަވެސް ﷲ ތަޢާލާ މަތިން ހަނދުމަކުރާ މީހާ ހުންނާނީ އުފަލުން!: ޝައިޚް ޝަފީޢު ޢަބްދުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ހިތުގެ ހިތްހަމަޖެހުމާއި، އުފާވެރިކަމަކީ މުދަލާއި ފައިސާއިން ލިބޭނެ އެއްޗެއް ނޫނެވެ. އެއީ މުދަލާއި ފައިސާއިން ލިބޭ އެއްޗެއް ކަމަށް ހީކުރާ މީހަކަށް، ޙަޤީޤީ ހިތްހަމަޖެހުމާއި އުފާވެރިކަމަކީ ކޮބައިކަން ނޭނގެނީއެވެ. ނުވަތަ އިޙްސާސު ކުރެވިފައި ނުވަނީއެވެ.

ހިތުގެ ހިތްހަމަޖެހުމާއި އުފަލަކީ މާތް ﷲ މަތިން ހަނދުމަކުރުމުން ލިބޭ އެއްޗެކެވެ. މުދަލާއި ފައިސާގެ ގޮތުން އެމީހަކު ވަރަށް ނިކަމެތި މީހަކަށް ވެދާނެއެވެ. ނަމަވެސް، އޭނަގެ ހިތުގައި ވާނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

އިންސާނެއް ވީމަ، މާޔޫސް ވާނެ ކަންކަން ދިމާވާނެއެވެ. ނަމަވެސް، އެ މާޔޫސް ކަމަކީ ތިބާގެ ކުރިއެރުމަށް ހުރަސް އަޅާ ކަމަކަށް ވިޔަ ނުދޭށެވެ. އެކަމުގެ ސަބަބުން ކަންނެތްވެފައި ނުހުންނާށެވެ. ވަޤުތު ބޭކާރު ކޮށްނުލާށެވެ. ކުރިޔަށް ފިޔަވަޅު އަޅާށެވެ. ތިބާއަށް ކުރިއެރުން ލިބޭނޭ ކަންކަމުގައި ވަޤުތު ހޭދަކުރާށެވެ.

- ޝައިޚް ޝަފީޢު ޢަބްދުﷲ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް