އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޭނުން ގިނަ ކަންކަމަށް އެދި ކުރަން އޮތް މުހިންމު ދުޢާއެއް!: މުފްތީ މެންކް

އެންމެ ބޭނުން ގިނަ ކަންކަމަށް އެދި ކުރަން އޮތް މުހިންމު ދުޢާއެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މިދުޢާއަކީ ރަސޫލް ﷺ ގެ ސުންނަތުން ޘާބިތުވާ ދުޢާއެކެވެ. މި ދުޢާގައި ހިމެނޭ ކަންކަމަކީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަންކަމެވެ. 

اللَّهُمَّ إنِّي أَعُوذُ بِكَ مِنَ الْفَقْرِ وَلْقِلَّةِ وَذِّلَّةِ وَأَعُوْذُ بِكَ مِنْ أَنْ أَظْلِمَ أَوْ ظُلْلَمَ 

މިދުޢާގައި އެކުލެވިގެންވާ މާނައީ "ހައިހޫނުކަމުންނާއި ވަރަށް މަދުން ލިބުމުންނާއި އަދި ނިކަމެތިކަމުން މިއަޅާ ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ! އަދި އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރުމުންނާއި އެއްވެސް މީހަކަށް ނުބައިކަމެއް ކުރުމުންނާއި އެހެން މީހުން މިއަޅާއަށް ކުރާ ނުބައި ކަންކަމުން މިއަޅާ ސަލާމަތްކުރައްވަވައިދެއްވަވާނދޭވެ!" 

މިދުޢާއަކީ ހައިހޫނުކަމާއި އަތްމަތިދަތިވުމާއި ނިކަމެތިކަމުން ސަލާމަތްކުރައްވަވައިދެއްވެވުން އެދި ކުރަން އޮތް ދުޢާއެކެވެ. އަދި އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ، އެހެން މީހަކަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ތިމާ ކުރުމުންނާއި އަދި އެހެން މީހެއްގެ ސަބަބުން ތިމާއަށްވެސް ހިތްދަތިކަމެއް ނުވަތަ އަނިޔާއެއް ނުލިބުން އެދި ކުރަން އޮތް ދުޢާއެކެވެ. 

ރަސޫލް ﷺ މިފަދަ ދުޢާތައް ޙަދީޘްފުޅުކުރައްވަވާފައިވަނީ މީސްތަކުންނަށް އުނގަންނަވައި ދެއްވެވުމަށެވެ. ވީމާ އަހަރެމެންނަށް އޮތީ މިފަދަ ދުޢާތައް ގިނަގިނައިން ކުރުމެވެ.

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް