އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޚާ އާ ރުޅިވެރިކަމުގަ ހުއްޓާ މަރުވެއްޖެނަމަ ސުވަރުގެއިން ބައްދަލުނުވެދާނެ!

އަޚާ އާ ރުޅިވެރިކަމުގަ ހުއްޓާ މަރުވެއްޖެނަމަ ސުވަރުގެއިން ބައްދަލުނުވެދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

ތިމާގެ އަޚުންނާއި އުޚުތުންނާއި ސުވަރުގެއިން ބައްދަލުވާން ކޮންމެ މީހަކުވެސް އެދޭނެއެވެ. ނަމަވެސް ދެމީހުން ރުޅިވެރިކަމުގައި ތިބެ މަރުވެއްޖެނަމަ އެއީ ނުލިބިދާނެ ފުރުޞަތެކެވެ. 

އަންނަނިވި ޙަދީޘްފުޅަށް ބަލާށެވެ. 3 ދުވަހަށްވުރެ ގިނަ ދުވަހު ރުޅިވެރިކަމުގައި ތިބުން ހުއްދަނުވާއިއރު އޮތީ ބައްދަލުވުމުން އަވަހަށް ސަލާމްކުރުމެވެ. ސަލާމްކޮށް އެކުވެރިވުމުން އެފާފައިން ސަލާމަތްވެވުނީއެވެ. ސަލާމް ގޮވުމުން ޖަވާބުނުދީފިނަމަ ފާފަ އޮތީ ސަލާމްބަލައިނުގަތް މީހާއަށެވެ. 

ހަމައެއާއިއެކު ޙަދީޘްފުޅުގައި އެވަނީ ދެމީހުން ރުޅިވެރިކަމުގައި މަރުވެއްޖެނަމަ ސުވަރުގެއިން ބައްދަލުނުވެދާނެކަމަށްޓަކައި ބިރުފުޅުގެންވަޑައިގަންނަވާކަމަށެވެ. 

އެއްވެސް މީހަކާއި މަރު އައިސް ބައްދަލުކުރާނީ ބުނެފައެއް ނޫނެވެ. ކުރިން އެނގިގެނެއްވެސް ނޫނެވެ. ވީމާ އެންމެ ލޯބިވާ މީހަކު ދެކެ ރުޅި އާދެވި އެ ރުޅިމަތީގައި މަރުވާންޖެހުމަކީ ސުވަރުގެއިން ބައްދަލުނުވެދާނެވަރުގެ ބޮޑުކަމަކަށްވާއިރު އެކަމަށް ބިރުވެތިވާންޖެހޭނެ މިންވަރު އިޙްޞާޞްކުރާށެވެ! ވީމާ އެންމެން މިއަދުން މިއަދަސްވެސް ރުޅިވެރިކަން ދޫކޮށްލައި ހަސަދަވެރިކަން ހިތުން ފުހެލަން އަވަސްވެގަންނާށެވެ! 

عن ابن عباس قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

لَا يَحِلُّ الْهَجْرُ فَوْقَ ثَلَاثَةِ أَيَّامٍ فَإِنْ الْتَقَيَا فَسَلَّمَ أَحَدُهُمَا عَلَى الْآخَرِ فَرَدَّ عَلَيْهِ الْآخَرُ السَّلَامَ اشْتَرَكَا فِي الْأَجْرِ وَإِنْ أَبَى الْآخَرُ أَنْ يَرُدَّ السَّلَامَ بَرِئَ هَذَا مِنَ الْإِثْمِ وَبَاءَ بِهِ الْآخَرُ وَقَدْ خَشِيتُ إِنْ مَاتَا وَهُمَا مُتَهَاجِرَانِ أَنْ لَا يَجْتَمِعَا فِي الْجَنَّةِ

8925 المعجم الأوسط للطبراني

2760 المحدث الألباني خلاصة حكم المحدث صحيح لغيره في صحيح الترغيب

Ibn Abbas reported: The Messenger of Allah, peace and blessings be upon him, said, 

“It is not lawful to boycott for more than three days. If the two meet and one greets the other with peace and receives a response, they will share the reward. If the other refuses to return his greeting, he is free of sin and it backfires against the one boycotting. I fear that if the two die while boycotting each other, they will not be together in Paradise.”

Source: al-Mu’jam al-Awsaṭ 8925

Grade: Sahih li ghayrihi (authentic due to external evidence) according to Al-Albani

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް