އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ނިކަމެތި މީހާއަށްވެސް އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް މަގު-

ކިތަންމެ ނިކަމެތި މީހާއަށްވެސް އެންމެ ފަސޭހައިން ސުވަރުގެ ވަދެވެން އޮތް މަގު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

ސުވަރުގެ އެދިގެން މަސައްކަތްކުރަމުންދާއިރު ގިނަ މީހުންނަށް އަބަދުވެސް އިސްކަންދެވިފައި އޮންނަނީ ބޮޑެތި ހެޔޮ ޢަމަލުތަކަށެވެ. މިސާލަކަށް ޙައްޖުވުން ފަދަ ކަންކަމަށެވެ. ޙައްޖުވުމަކީ މުސްލިމުންގެ މައްޗަށް އޮތް ފަރުޟެކެވެ. ނަމަވެސް ވާޖިބުވަނީ ކެރިކުޅަދާނަކަން ލިބުމުންނެވެ. މީސްތަކުންނަށް އޮތީ ލިބިގަންނަން މަސައްކަތްކުރުމެވެ. އެކަން ކުރަންވާނެއެވެ. 

ޙައްޖަށް ދިއުމަސްޓަކައި ފައިސާ ޖަމާކުރަމުން ގެންދާއިރުވެސް ތިމާއަށް ކުރެވޭވަރުގެ ކުދިކުދި ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! މިސާލަކަށް މަސޖިދު ސުންނަތުގެ 2 ރަކްޢަތްކުރެވޭހައިއިރު ކުރިން މިސްކިތަށް އެރުން، ސުންނަތްކަން ގަދަ ނޫން ނަމަވެސް ރަވާތިބު ސުންނަތް ވީހައި ގިނައިން ކުރުން. ކިތަންމެ ކުޑަކުޑަކަމަކުން ނަމަވެސް އެހެން މީހަކަށް އެހީތެރިވުން އަދި އަޅުކަމުގެ ގޮތުން 2 ރަކްޢަތް ނަމާދުކުރުން ފަދަ ކަންކަމަކީ ހަމަ ކޮންމެ މީހަކަށްވެސް ނުހަނު ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. 

އިޖުތިޟާޢމާޢީ ގޮތުން ބަލައިފިނަމަ މަގުމައްޗަށް ވެއްތިފައި ހުންނަ ކުނިކޮޅެއް ނެގުމާއި ފައިގައި އަޅައިގަންނަ ގޮތަށް އޮންނަ އެއްޗެއް އެއްކައިރިކޮށްލުމާއި އެހެން މީހަކަށް ލުއިފަސޭހަކަމެއް ލިބިދާނެ ކޮންމެ ކަމަކީވެސް ހެޔޮ ޢަމަލުތަކެވެ. 

نْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ

Jabir reported: The Prophet, peace and blessings be upon him, said, 

“Whoever declares the glory of Allah and his praise will have a palm tree planted for him in Paradise.”

Source: Sunan al-Tirmidhī 3464

Grade: Sahih (authentic) according to Al-Albani 

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ  ކިޔައިލުމަކީ ނުހަނު ފަސޭހައިން ކުރެވެން އޮތްކަމެކެވެ. އެފަދައިން ކިޔައި ﷲ ތަޢާލާ މަތިވެރިކުރުމުން އެމީހަކަށްޓަކައި ސުވަރުގޭގައި ގަހެއް އިންދަވައި ދެއްވަވާނެތެވެ. 

މިފަދަ އެތައް ކުދިކުދި ލުއި ފަސޭހަ ކަންތައްތައް ސުންނަތުން އެނގެން އެބައޮތެވެ. މިފަދަ ކުދިކުދި ކަންކަން ކުރަމުން ގެންދިއުމުން ޤިޔާމަތް ދުވަހު ބޮޑެތި ބިޔަ އެތައްބައިވަރު ހެޔޮ ޢަމަލުތަކުގެ ގޮތުގައި އެކުދިކުދި ހެޔޮ ޢަމަލުތައް ފެނިގެންދާނެއެވެ. އަދި އެމަލުތަކަކީ ތިބާ ސުވަރުގެ ވައްދަވާ ޢަމަލުކަމުގައިވެގެންހިނގައިދާނެއެވެ. 

ވީމާ އެކަމަކީ ކުޑަ ކަމެއްކަމަށް ހީކޮށް ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ޢަމަލެއް ނުކޮށް ދޫކޮށްނުލާށެވެ! އެކަމުގެ ފައިދާ ޤިޔާމަތްދުވަހު ފެނިގެންދާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް