އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަންބޮޑުނުވާށެވެ! ހިތްދަތިކަމާ މުޞީބާތްތައް ކުރިމަތިވުމަކީ ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ!

ކަންބޮޑުނުވާށެވެ! ހިތްދަތިކަމާ މުޞީބާތްތައް ކުރިމަތިވުމަކީ ލިބޭނެ އެންމެ ބޮޑު ނިޢްމަތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އަހަރެމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުޞީބާތާއި ހިތްދަތިކަން ކުރިމަތިވުމަކީ ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށެވެ. ނަމަވެސް އެކަމުގެ އަޞްލަކީ އެއީ ލިބޭނެ އެންމެ ބޮޑު ފައިދާކަމެވެ. 

ﷲ ތަޢާލާ އެންމެ ބޮޑު ނިޢްމަތް މިންވަރުކުރައްވަވަނީ މީހާ ކެތްތެރިވުމުންނެވެ. މުޞީބާތާއި ހިތްދަތިކަން ކުރިމަތިނުކުރައްވަވާނަމަ ކެތްތެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކެތްތެރިވުމުގެ ފުރުޞަތު ނުލިބި ކެތްތެރިކަން ދައްކައިދޭނީ ކިހިނަކުން ހެއްހެވެ؟ އެކަމެއް ނުކުރެވޭނެއެވެ. 

ވީމާ މުޞީބާތާއި ހިތްދަތިކަން މިންވަރުކުރައްވަވަނީ ކެތްތެރިވުމުގެ ފުރުޞަތު ދެއްވެވުމަށެވެ. ކެތްތެރިވީވަރަކަށް އެމީހަކަށް ނިޢްމަތްތައް ދެއްވަވަތެވެ. ރަޙްމަތް ލައްވަވަތެވެ. ފާފަތައް ފުއްސަވައި ދެއްވަވަތެވެ. 

މިއީ ﷲ ތަޢާލާގެ ސުންނަތެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ!" (.) "ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ." (.) ( 94:5،6) 

ހަނގުރާމައަކުން ނަބްރުލިބޭނީ ހަނގުރާމަކުރުމުންނެވެ. އެހެންކަމަށްވާއިރު ކެތްތެރިކަމުން ހޯދެން އޮތް ޘަވާބާއި ދަރުމަ ލިބުން އޮތީ ކެތްތެރިވާންޖެހޭ ކަންކަން ކުރިމަތިވެގެންނެވެ! ވީމާ އެއްވެސް ހިތްދަތިކަމަކީ، މުޞީބާތަކީ ދަތި އުނދަގޫކަމެއްކަމަސް ނުދެކޭށެވެ! ރަހްމަތެއްކަމުގައި ދެކޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް