އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތިޙާލުގަވެސް ދަރަނި އަދާކުރާމީހުންނަށް ﷲ ގެ ރަޙްމަތް އިތުރުވެގެންދާނެ! އިން ޝާ ﷲ

ދަތިޙާލުގަވެސް ދަރަނި އަދާކުރާމީހުންނަށް ﷲ ގެ ރަޙްމަތް އިތުރުވެގެންދާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

މިރޭގެ ފިލާވަޅު މިފަށަނީ ކުރުކުރު ވާހަކައަކުންނެވެ. 

މީހަކު ދިއައީ އޭނާގެ ދަރިފުޅުގެ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ބޭނުންވާ ވަރަށް ވަރަށް ފައިސާ ނެތުމުން ބައެއް މީހުން އަތުން ދަރަންޏަށްވެސް ފައިސާ ނަގަމުންނެވެ. އެވަރުންވެސް ފައިސާ ހަމަނުވެގެން ކައިވެނި ނުކުރެވިގެން އުޅެނިކޮށް ދަރަންޏަށް ދިން މީހަކު އެދުނީ އޭނާދިން ފައިސާ އަނބުރައި ދިނުމަށެވެ. 

އޭނާ އަވަސްވެގަތީ ދަރަނި އަދާކުރުމަށެވެ. ދަރިފުޅުގެ ކައިވެނީގެ ކަންކަން ވަކީލްކުރީ ﷲ ތަޢާލާއަށެވެ. އޭނާއަށް ކަންކަން މެދުވެރިވިގޮތް އެނގޭ ހެއްޔެވެ؟ އޭނާގެ ހަމަ ވަރަށް ގާތް އެހެން އެކުވެރިއަކު ކައިވެނީގެ ހުރިހާ ޚަރަދެއްގައި ހިފީއެވެ. ޞަދަޤާތެއްގެ ގޮތުންނެވެ. އެކުވެރިޔާގެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. އެކަމަސް ދެއްވަވާނެ ޘަވާބަށް އެދިގެންނެވެ. 

ކިތަންމެ ކުޑަނަމަވެސް އެއްވެސް މީހެއްގެ ޙައްޤެއް ނުހިފަހައްޓާށެވެ! އެޙައްޤު ދޫކޮށްލުމުން ތިމާއަށް ކިތަންމެ ދަތިއުނދަގޫތަކެއް ކުރިމަތިވާން އޮތް ނަމަވެސްމެއެވެ. 

މިސާލަކަށް މީހަކަށް ދަރަނިވެރިވެފައިވަނިކޮށް އެދަރަނިއަދާކުރަން އެމީހާ އެދޭވަގުތަކީ ތިބާއަށް ވެސް ހަމަ ދަތިވަގުތަކަށްވެސްވެދާނެއެވެ. އެފަދަ ޙާލަތުގައި ތިބާއަށް ދަތިވިނަމަވެސް ދަރަނިއަދާކުރާށެވެ! އެކުގައި އަދާކުރެވެން ނެތްނަމަ އަދާކުރެވެން އޮތްވަރަކަށް އަދާކުރާށެވެ! 

އެއިރުން ތިބާގެ ޙާލަތު 7 އުޑުމަތިން ބައްލަވައިވޮޑިގެންވާ ﷲ ތަޢާލާ ތިބާއަށް މާހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އެކަމުގެ ބަރަކާތް އިންތިހާއަށް ލިބިގެންދާނެތެވެ. ވީމާ ދަރަނިއަދާކުރުމަކީ ތިމާއަށް ފަސޭހަ ދުވަހަކު ނުވަތަ ތަނަވަސްކަން ލިބުމުން ކުރަން އޮތްކަމަކަށް ނުހަދާށެވެ! ތިމާއަށް އުފުލަންޖެހިދާނެ ތަކްލީފަށްވުރެ ކުރިއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތް ނެރުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި އެކަމުން ކުރާ ފައިދާ މާބޮޑުވާނެތެވެ! އިން ޝާ ﷲ 

ނަޞޭޙަތަކީ އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވުމެވެ. ދަރަނިވެރިވެގެން ކުރަންޖެހޭ ކަންކަން ނުކުރުމެވެ! ދިރިއުޅެން މަސައްކަތްކުރުމުން ﷲ ތަޢާލާ ދެއްވަވާ މިންވަރަށް ފުދިގެން ދިރިއުޅުން އާދަކުރުމެވެ. ދަރަނި އަދާނުކުރެވިވަނިކޮށް މަރުވެއްޖެނަމަ ކުރިމަތިވާނެ ހިތާމަ މާބޮޑުވާނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް