އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީސް އެމީހެއްގެ ކަންފަތަށް ކުޑަގިފިލިކޮށްފައިތިބޭ މީހުން ހާދަ ގިނަވެއްޖެއެވެ!

އިބިލީސް އެމީހެއްގެ ކަންފަތަށް ކުޑަގިފިލިކޮށްފައިތިބޭ މީހުން ހާދަ ގިނަވެއްޖެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

އާބާދީއަށް ބަލައިފިނަމަ ކޮންމެ 100 އަކުން 99 މީހުންނަކީ އެބައެއްގެ ދެކަންފަތަށް އިބިލީސް ކުޑަގިފިލިކޮށްފައިވާ (ހީސްލާފައިވާ) މީހުން ކަމަށް ބުނެވިދާނެއެވެ. އެކަން އެނގެނީ ފަތިސްނަމާދުކުރާ މީހުންގެ އަދަދަށާއި މި ޙަދީޘްފުޅަށް ބެލުމުންނެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. 

"ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ" (متفق عليه)"

 މާނައީ: "އެއީ ޝައިޠާނާ އެމީހެއްގެ ދެކަންފަތަށް ކުޑަގިފިލި ކޮށްފައިވާ މީހެކެވެ." 

ފަތިސް ނަމާދުކޮށް އިރުއަރަންދެން ނިދަންތިބެފައި ތެދުވެ ފެންވަރައިގެން ކިތަންމެ ރީތި ހެދުމެއްލައި ކިތަންމެވަރަކަށް މީރުވަސްދުވާ ސެންޓް ޖަހައިގެން ހުރުމުން އެމީހާގެ ކިބައިގައި އޮތީ ކޮން ރީތިކަމެއްހެއްޔެވެ؟ ދެކަންފަތުގައި އެވަނީ އިބިލީހުގެ ނަޖިސް ނޫންހެއްޔެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް