އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްކާތެރިވާށެވެ! މިއަދު މިވަނީ މަޙުރަމުންގެ ކުރިމަތީގައިވެސް އަޢުރަ ނިވާކުރަންޖެހިފައެވެ!

ރައްކާތެރިވާށެވެ! މިއަދު މިވަނީ މަޙުރަމުންގެ ކުރިމަތީގައިވެސް އަޢުރަ ނިވާކުރަންޖެހިފައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ޢާންމުދިރިއުޅުމުގައި އަޢުރަ ނިވާކުރަންޖެހެނީ އެމީހަކާއި ކައިވެނި ހެޔޮނުވާ މަހްރަމުން ނޫން މީހުންގެ ކުރިމަތީގައެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ މަޙްރަމުންގެ ކުރިމަތީގައިވެސް އަޢުރަނިވާކުރަން މިވަނީ ޖެހިފައެވެ.  ވީމާ އެއީ މަހްރަމުން ނަމަވެސް އެބައަކާއި ނުވަތަ އެމީހަކާއިމެދު ޔަޤީންކަން ނެތްނަމަ ސަލާމަތަށްޓަކައި ރަނގަޅު ގޮތަކީ އަޢުރަ ނިވާކުރުމެވެ. 

މިފަދަ ބަހެއް ބުނަން މިޖެހެނީ މިސާލަކަށް ދޮންބައްޕައިންނަށް ބަލައިފިނަމަ މަންމަ އާއި ކައިވެނިކޮށް މަންމައާއިއެކު ރޭކޮށްފިނަމަ އޭނާއަކީ މަޙްރަމެކެވެ. ބައްޕައަކީ ވެސް މަޙްރަމެކެވެ. އަޚުންނަކީވެސް މަޙްރަމުންނެވެ. ދޮންބައްޕައިންގެ ކިބައިން ދަރިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުން އިންތިހާއަށް ގިނަވެފައިވާއިރު ބައްޕައިންނާއި އަޚުންގެ ކިބައިންވެސް ދަނީ އެފަދަ ޢަމަލުތައް ފެންނަމުންނެވެ. 

އެއްގެއެއްގައި ދިރިއުޅުނު ޅިޔަނުންނާއި ފަހަރިންނަކީ މަހްރަމުންނެއް ނޫނެވެ. ވީމާ އެމީހުންގެ ކުރިމަތީގައި އައުރަ ނިވާކުރުމަކީ ހަމަކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ކިތަންމެ އިޚްލާޞްތެރިނަމަވެސް ގޭގައި ގެންގުޅޭ ނޯކަރުންގެ ކުރިމަތީގައިވެސްމެއެވެ.  ޅިޔަނުންނާއި ފަހަރިންގެ ޢަމަލުތައްވެސް މިހާރު މިވަނީ ހަމަ ހައްދުފަހަނައަލައިފައެވެ. 

ކޮންމެ މީހަކު ނަމަވެސް އެފަދަ ޢަމަލުތައް އެކުރަނީ އެމީހުންގެ ހިތުގައި ޝައިޠޯނާ އުފައްދާ ޖަޒުބާތުތަކުގެ ސަބަބުންނެވެ. އީމާންތެރިކަން ނެތުމުންނެވެ. ތަޤްވާވެރިކަން ނެތުމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވުން ކުޑަކަމުންނެވެ. ނުވަތަ ނެތުމުންނެވެ. އެމީހެއްގެ ހިތުގައި ޝައިޠޯނާ ރަސްކަންކުރާތީއެވެ. 

ވީމާ އެކަން ކުޑަކުރުވަން ކަނބަލުންނަށް ކުރެވެން އޮތްކަމަކީ ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގައިވާ ފަދައިން ނިވާވެގެން ތިބުމެވެ. އަދި ވީވަރަކުން އެކަނި ވަގުތު ހޭދަކޮށް އެފަދަ ކަންކަން ކުރުމުގެ ފުރުޞަތުވެސް ނުދިނުމެވެ. ކަނބަލުންނަށް މިއަދު ކުރިމަތިވަމުން އަންނަ ޙާލަތަށްބަލާއިރު އިތުބާރުކުރެވޭނެ މީހަކު ނެތްކަމަށް ބުނުމަކީ ތިބި ރަނގަޅު މަދުބައަކަށް ބުނެވޭ އިހާނެތި ބަހަކަށް ނުވާނެއެވެ!  

ލޮބުވެތިކަނބަލުންނޭވެ! އިސްލާމް ދީން ތިއަ ކަނބަލުންނަށް ބާރުއަޅަނީ ރައްކައުތެރިވުމަށެވެ. ޙިޖާބް އަޅައި ފޮރުވެން ޖެހެނީވެސް އެ ސަބަބަށްޓަކައެވެ. ވީވަރަކުން ސަބަބުގައި ހިފަހައްޓާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ! ﷲ ތައާލާ ތިއަ އެންމެހައި ކަނބަލުންނަށް ރައްކައުތެރިކަން މިންވަރުކުރައްވަވާށި! އާމީން

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް