އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތައުބާވާ މީހުންގެ ތެރެެއިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ މީހުން-: ބިލާލް އައްސަދު

ތައުބާވާ މީހުންގެ ތެރެެއިން ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެ މީހުން-: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ތައުބާވާ މީހުންގެ ތެރޭގައި 3 ބާވަތެއްގެ މީހުން ހިމެނެއެވެ. ފުރަތަމަ ބައަކީ ތައުބާވުމަށްފަހު ކުރެވުނު ކުށް އަލުން އެއްގޮތަކަށްވެސް ތަކުރާރުނުކުރާ މީހުންނެވެ. ދެވަނަ ބައަކީ އަލުން ތަކުރާރުނުކުރަން މަސައްކަތްކުރަމުންދަނިކޮށްވެސް ކުށް ތަކުރާރުކުރެވޭ މީހުންނެވެ. ތަކުރާރުކުރެވުމާއިއެކު އަލުން އެމީހުން ތައުބާވެއެވެ. ކުރެވުނު ކުށާއިމެދު ހިތާމަކޮށް ފާފަފުއްސަވައި ދެއްވެވުން އެދި އާދޭސްދަންނަވައެވެ.

މިދެބާވަތުގެ މީހުންދެކެވެސް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

3 ވަނަބައަކީ ތައުބާވުމަށްފަހުގައިވެސް ބިރެއްނެތި ފާފަކުރާމީހުންނެވެ. ފާފަކޮށްފައި އަނެއްކާވެސް ހަމަ ތައުބާވުމަށް ނިޔަތްގަނެގެން ފާފަކުރަމުންގެންދާ މީހުންނެވެ. މިފަދަ މީހުންނަކީ ތައުބާވީ މީހުންކަމުގައެއް ނުބެލެވޭނެއެވެ. އެހެނީ ކުރެވުނު ފާފައާއިމެދު ހިތާމަކޮށް ކުށް އަލުން ތަކުރާރުނުކުރަން މަސައްކަތްކުރުމަކީ ތައުބާވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެ ޝަރުޠާނުލައި ތައުބާ ފުރިހަމަނުވާނެއެވެ! 

ވީމާ މިފަދަ މީހުންނަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ހޯދަން މަސައްކަތްކުރާ ބައަކު ކަމުގައެއް ނުވާނެއެވެ! އަދި އިޚްލާޞްތެރިކަމާއިއެކު ތައުބާވި މީހުން ކަމުގައެއްވެސް ނުވާނެއެވެ. ވީމާ އެފަދަ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބޭނެ ކަމަށް ބުނެވޭކަށް ނެތެވެ. 

ވީމާ ތައާލާގެ ރުހިވޮޑިގަތުމާ ލޯބިވެވޮޑިގަތުން އެދޭނަމަ ފުރަތަމަ ބަޔާންކުރި 2 ބައިގެ ތެރޭގައި ހިމެނެން މަސައްކަތްކުރާށެވެ! 3 ވަނަ ބައިގައި ނުހިމެނޭށެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް