އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކަށްދާ މީހުންގެ ސަމާލުކަން އިތުރުކުރުން މުހިންމު!: އިސްލާމިކް މިނިސްޓްރީ

ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކަށްދާ މީހުންގެ ސަމާލުކަން އިތުރުކުރުން މުހިންމު!: އިސްލާމިކް މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު ފެތުރެމުންދާތީ މިސްކިތްތަކަށް ނަމާދަށް ދާމީހުންގެ ސަމާލުކަން އިތުރުކުރަންޖެހޭކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކަން ފާހަގަކޮށްފައި މިވަނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކަމަށް ބުނެ ދައުލަތުގެ މީޑިއާއިންނާއި އެހެންވެސް ބައެއް މީޑިއާތަކުން އިޝްތިހާރުކޮށް މީސްތަކުންނާއި ﷲ ތައާލާއި އޮންނަޖެހޭ ގުޅުމަށް ހުރަސްއަޅަން މަސައްކަތްކޮށް ޝިރުކުގެ ބަސް ފެތުރިނަމަވެސް ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވެ މުޅި ޤަުމަށް އެކަމުގެ ނުރައްކާ ފެތުރިފައިވާ ވަގުތެއްގައެވެ.

އިސްލާމިކް މިނިސްޓްރީން އެކަންފާހަގަކޮށްފައިވަނީ ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް އެމިނިސްޓްރީގެ ފަރާތުން އިމާމުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް ވަޑައިގަންނަވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް ވަނީ އިމާމުންނަށް އަންގާފައެވެ.

މިގޮތުން ހުރިހައި ބޭފުޅުންވެސް މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވަި އަދި މުސައްލައެއް ހިއްޕަވައިގެން ވަޑައިގަތުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށްވަނީ އަންގާފައެވެ. ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި ބޭފުޅުންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވަނީ އަންގާފައެވެ.

ހަމައެހެންމެ މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާއި ގުޅިގެން ކުރަމުންދާކަމަށް ހުރިހައި އިމާމުންނަށް ވަނީ އަންގާފައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލްގައެވެ. މި ބައްދަލުވުމުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުާާޡަމުގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީގެ މިސްކިތްތަކާއި ބެހޭބައިގެ އިސް މުވައްޒަފުންވަނީ ބައިވެރިވެވަޑައިގަތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް