އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިކުނޑި ތާޒާކަންމަތީގައި ބަހައްޓަން ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-: މުފްތީ މެންކް

ސިކުނޑި ތާޒާކަންމަތީގައި ބަހައްޓަން ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ތިމާގެ އަގުހުރި ވަގުތާއި ހަކަތަ ތިމާއަށް ފައިދާކުރާނެ ގޮތަށް ބޭނުންކުރުމަކީ ދަހިވެތިވުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

މީހުންކުރާ ކަންކަމަށް ވާހަކަދެއްކުމަށާއި މީހުން އުޅޭ ގޮތުގެ ވާހަކަދައްކަން ވަގުތާއި ހަކަތަ ނަގައިނުލާށެވެ! އެކަންވާނީ ކުރެވޭ ފާފައެއްގެ އިތުރުން ކުރެވޭ އިސްރާފަކަށެވެ. މީހުންނާއި ޒުވާބުކޮށް ޖަދަލުކުރުންވެސް މެއެވެ. 

ދުނިޔޭގައި އަހަރެމެން ލައްވަވާފައި މިވަނީ ދުނިޔޭގައި ހޭދަކުރެވޭނެ ވަގުތު މާކުރިން ކަނޑައަޅުއްވަވައިފައެވެ. ވީމާ އެވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ނުހިފުމަކީ އާޚިރަތަށްޓަކައި ކުރަންހުރި ކަންކަން ނުކުރެވޭ އެންމެ ބޮޑު އެއް ސަބަބެވެ. 

ތިމާގެ އަގުހުރި ވަގުތާއި ހަކަތަ ތިމާއަށް ފައިދާކުރާނެ ގޮތަށް ބޭނުންނުކުރުމަކީ އަމިއްލަ ނަފްސަށް ދެވޭނެ އެންމެ ބޮޑު އަނިޔާވެސްމެއެވެ. އެހެން މީހުންގެ ކަންކަމާއިބެހެން ވަގުތު ނަގައިލުމަކީ ތިމާގެ ސިކުނޑިއަށް ޖެއްސޭ ބޭކާރުތަކްލީފްތަކެކެވެ. ވީމާ ސިކުނޑިއަށް އަރާމުދީ ތާޒާކުރަންވެސް އެހެން މީޙުންގެ ކަންކަމާއި ބެހުމުންނާއި މިބަޔާންކުރި ފަދަ ބޭކާރު ކަންކަންކުރުމުން ދުރުހެލިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް