އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނބުޅި ބާލައި މޫނު އޮމާންކޮށް ޕޮލިސްކޮށްގެން ތިބޭ މީހުން މާލޭ މަގުތަކުގަ މީހުން ކަތިލަމުންދުވާއިރު ކަންބޮޑުނުވަނީ ކީއްވެ؟

ތުނބުޅި ބާލައި މޫނު އޮމާންކޮށް ޕޮލިސްކޮށްގެން ތިބޭ މީހުން މާލޭ މަގުތަކުގަ މީހުން ކަތިލަމުންދުވާއިރު ކަންބޮޑުނުވަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ތުނބުޅިލާފައި ހުރެއްޖެނަމަ އެއީ ސީރިޔާއަށް ހިނގައިދާނެ މީހެއްކަމަށް ބަލައިގެން ތުނބުޅިލީ މީހުންނަށް ފުރައްސާރަކުރަމުން ގެންދާއިރު ރާއްޖޭގައި ތިއްބެވި އެންމެ ތުނބުޅި ދިގު އަދި ތުނބުޅިކުރު އެއްވެސް ޢިލްމުވެރިއަކު އަދި މިހައިތަނަށް ސީރިޔާގައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވިކަން އެނގޭކަށް ނެތެވެ. އަދި އެއިން އެއްވެސް ބޭފުޅަކު ޜާއްޖޭގައިވެސް އެއްވެސް މީހަކަށް ޙަމަލާދެއްވިކަމެއްވެސް އެނގިފައެއް ނުވެއެވެ. 

ނަމަވެސް ތުނބުޅި ބާލައި މޫނު އޮމާންކޮށް ޕޮލިސްކޮށް އޮފްއަރުވައިގެން އުޅޭ އެތައް ބައަކު މާލޭ މަގުމަތީގައި މީހުން ކަތިލަމުން ދުވިތަންވަނީ ފެނިފައެވެ. ހަމައެއާއިއެކު އުފެދޭ ސުވާލަކީ ނިޔުޒީލަންޑުގެ މިސްކިތުގައި ބަޑޮޖަހައި އެތައް ބައިވަރު މުސްލިމުން ޝަހީދުކޮށްލީ ތުނބުޅި ދިގުކޮށް ސީރިޔާއަށްދާން ތައްޔާރުވެގެންހުރި މީހަކުތޯއެވެ؟ ނވެމްބަރު 3 ގައި ރާއްޖެ އަރައި ރައްޔިތުންގައަށް ބަޑިޖަހަމުން ދުވީ ތުނބުޅި ދިގުކޮށް ސީރިޔާއަށްދާން ތައްޔާރުވެގެން ތިބި ބައަކުތޯއެވެ؟ 

ދުވާލަކު ކަމަކުން ރާއްޖޭގައި ތިބި މުސްލިމުންނާއި ދިމާކޮށް ގޯނާކުރަމުން މިގެންދަނީ ވަރަށް ދުރާލައި ރާވައިގެންނެވެ. އެލެކްސްގެ މޭސްތިރިކަމުގެދަށުންނެވެ. އެއްފަހަރު މަޖިލިސްތެރެއިންނެވެ. އަނެއްފަހަރު މަޖިލިސް ބޭރުންނެވެ. 

ދުނިޔޭގައި އެންމެ ގިނަ މީހުން މެރިއެކަކީ ހިޓްލަރެވެ! ހިޓުލަރުހުރީ ބޮޑުތުނބުޅިއެއް ބަހައްޓައިގެންހެއްޔެވެ؟ ވީމާ މީހުންމެރުމާއި ތުނބުޅިއާއި ގުޅުވާނީ ކިހިނަކުންހެއްޔެވެ؟ 

މިހިނގަނީ ހަމައެންމެ ކަމެކެވެ. މުސްލިމުންގެ ލޭ ކައްކުވައިގެންނަމަވެސް މުސްލިމަކުލައްވައި ކޮންމެވެސް ނުބައި ޢަމަލެއް ކުރުވޭތޯ އެލެކްސް އަޑީގައި ހުރެގެން ކުރަމުން ގެންދާ މަސައްކަތްތަކެވެ. މިކމަސް ހިތްވަރުލިބެނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރަން ހަދާފައި އޮތް ޤާނޫނަށް އަމަލުކުރަން އިސްލާމިކް މިނިސްޓްރީއަށާއި ފުލުހުން ނުކުޅެދިފައިވާތީއެވެ. 

އުތެމަ މައްސަލަ ފުލުހުންނަށް ހުށަހެޅީ ބަލައިދޭނެކަމަށް ފުލުހުން ބުނުމުންނެވެ. 2 އަހަރުވަނީއެވެ. އެންމެ ކުޑަމިނުން މައްސަލަ ޖަނާޒާކުރިކަން ވެސް އަދި މިއަދާއި ހަމައަށް ވެސް އަންގާފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން މައްސަލަ ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދިވެސް މިތިބީ ފުލުހުންގެ އެބަހަށް އިތުބާރުކޮށްގެންނެވެ. 

ހޯމް މިނިސްޓަރު ނިކަން ވިދާޅުވެބައްލަވާށެވެ! މަޑުކަށިފިކުރުގެ، ﷲ ތަޢާލާ އާ ބުރަކަށިފިކުރުގެ މީހުންގެ މައްސަލަތައް ފުލުހުން ނުބަލަނީ ކީއްވެގެންތޯއެވެ؟ މުސްލިމުންނަށް ރާއްޖޭގައި ގޯނާކުރަން ތިހައިވަރަށް ތިއަ ފުރުޞަތުދެއްވަނީ ކީއްވެގެންތޯއެވެ؟

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް