އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލާމަތްވެވިދާނެތަ؟ މީސްތަކުން އެންމެ ބޮޑަށް ފަރުވާކުޑަކުރަނީ ރަސޫލް ޞޢވ އެންމެ ބޮޑަށް ބާރުއެޅުއްވެވި 2 ވަޞިއްޔަތްޕުޅަށް!

ސަލާމަތްވެވިދާނެތަ؟ މީސްތަކުން އެންމެ ބޮޑަށް ފަރުވާކުޑަކުރަނީ ރަސޫލް ޞޢވ އެންމެ ބޮޑަށް ބާރުއެޅުއްވެވި 2 ވަޞިއްޔަތްޕުޅަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ރަސޫލް (ﷺ)ގެ ވަޞީއްތަތްޕުޅުތަކުގެ ތެރެއިން އެންމެ ފަހުގެ ވަޞިއްޔަތްފުޅަކީ ނަމާދަށް ސަމާލުކަންދިނުމެވެ! އެކަމުން އެނގިގެންދަނީ އެންމެ ބޮޑަށް ބާރުއަޅުއްވަވާފައިއެވަނީ ނަމާދަށް ރައްކައުތެރިވުމަށް ކަމެވެ. 

އެކަން ޢަމަލުފުޅުންދެއްކެވުމަށްޓަކައި ހަށިކޮޅުގެ ވަރުފުޅު ދެރަވެ ހޭފުޅުނެތެމުންދިއައިރު ޞަޙާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން އޮންނަނަވައިގެންވެސް މިސްކިތަށް ވަޑައިގެންނެވިއެވެ. އިންތިހާއަށް ހުންގަދަވެފައިވަނިކޮށް ހަށިކޮޅަށް ފެން އަޅުއްވަވައިގެންވެސް މިސްކިތުގެ ޖަމާއަތަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ. 

ނަމާދަށް ރައްކައުތެރިވުމަށާއި ޒަކާތް ދެއްކުމަށް ކުރެއްވެވި ވަޞިއްޔަތްފުޅަށް އަހަރެމެން އެންމެން ވެސް ވަރަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ. ނަމަވެސް ގިނަ ބައަކު މިހާރު އެންމެ ބޮޑަށް އިހްމާލުވަމުންދަނީ ނަމާދުކުރުމަށާއި ޒަކާތްދެއްކުމަށެވެ. 

ނަމާދުކުރުން މިވަނީ އެމީހަކު ކުރާހިތްވުމުން ކުރާ ކަމަކަށް ހަދައިފައެވެ. ޒަކާތް ދައްކަނީ ވެސް ހިތަށް އެރި ފަހަރަކުއެވެ. ހިތަށްއެރިވަރަކަށެވެ. ޒަކާތުގެ ބެހެނިވެރިން ކީރިތި ޤުރްއާނުން އެނގެން އޮއްވައި އަމިއްލައަށް ފެންނަވަރަކަށް އެބަ ބައިއަޅައިނިންމާލައެވެ. 

މިފަދަ ކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ސަމާލުކަން އިތުރުކުރާށެވެ! ނޫންނަމަ ކުރިމަތިވާނެ ކަންކަން ފެނިގެންދާނީ ޤިޔާމަތްދުވަހުއެވެ. ދުނިޔޭގައި ނުކުރި ނަމާދެއް، ނުދެއްކި ޒަކާތެއް އެދުވަހަކުން ނުދެއްކޭނެއެވެ. އޮންނާނީ ކުރައްވަވާ ޙުކުމްފުޅަށް ތަބަޢަވުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް