އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒިނޭކުރެވިފައިވާނަމަ ކައިވެނިކުރަންވާނީ ތައުބާވެ އަދި 3 މަސް ހަަމަކުރުމަށްފަހުގައެވެ.

ޒިނޭކުރެވިފައިވާނަމަ ކައިވެނިކުރަންވާނީ ތައުބާވެ އަދި 3 މަސް ހަަމަކުރުމަށްފަހުގައެވެ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ޒިނޭކުރެވިފައިވާނަމަ ކައިވެނީގެކުރިން ތައުބާވާންވާނެއެވެ. އަދި އިނީ ބަލިވެ ނޫންކަން ޔަޤީންކުރަންވާނެއެވެ! އެގޮތުން އޮތީ އިނީ ބަލިވެނޫންކަން ޔަޤީންކުރަން ޒިނޭކުރިތާ 3 މަސް ހަމަކުރުމެވެ. ކައިވެންޏަށް ހަށިހުއްދަވާނީ އެއިރުންނެވެ. ޒިނޭކުރި ދެމީހުން ކައިވެނިކުރި ނަމަވެސްމެއެވެ. 

އެކަވެނި ކުރެވުނީ އަންހެނާ ބަލިވެއިންދައިކަން އެނގިއްޖެނަމަ އެކައިވެނި ބާޠިލް ކައިވެންޏަކަށެވެ. ދެމަފިރިންގެ ގޮތުގައި އެކުގައި އުޅޭކަށް ހުއްދައެއް ނުވާނެއެވެ. އަނހެނާ ވިހައި ތައުބާވެގެން ކައިވެނިކުރާނީއެވެ. 

ކަންތައް ދިމާވާގޮތަކުން ކައިވެނިކުރެވުނީ ޒިނޭކުރުމަށްފަހު ތައުބާނުވެކަން އެނގުމުން އޮތީ އަވަހަށް ތައުބާވުމެވެ. ޒިނޭކުރުމަށްފަހު ތައުބާނުވެ ތިބެން ހެޔޮނުވާނެއެވެ. އެހެނީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެކެވެ. 

އެއީ ޙަޤީޤަތެއްކަމަށް ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ޒިނޭކުރުން މިވަނީ މުޖުތަމައުތަކުގައި ވަރަށް ބޮޑަށް ޢާންމުވެފައެވެ. ފުރާވަރަށް އެރުމުން ކައިވެނިކޮށްދިނުން އަވަސްކުރަންޖެހެނީ ޒިނާކުރުމުގެ ބޮޑުފާފައިން ދަރިން ސަލާމަތްކުރުމަށެވެ. މައިންބަފައިން ބިރުވެތިވާންވީ އެމީހުން ބޭނުންވާ ފެންވަރަށް ދަރިފުޅަށް ތަޢްލީމް ޙާޞީލުނުކުރެވިދާނެތީއެއް ނޫނެވެ. ޒިނޭކޮށްފާނެ ކަމަށެވެ. 

ހަމައެޢާއިއެކު ދެކުއްޖަކު ލޯބިވެގެން އުޅުނު ނަމަވެސް ސާބިތުކުރެވޭނެ ހެކި ނެތި ޒިނޭކުރާކަމަށް ބުނެގެންނުވާނެއެވެ. އެކަމުގެ އިލްޒާމް އަޅުވައިގެން ނުވާނެއެވެ. ދަރިންގެ ބޮލުގައި ނަމަވެސް ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުމަކީ ފާފަވެރިވާނެކަމެކެވެ. އަދި އެފަދަ ތުހުމަތު އެޅުވުމަކީ ޒިނޭކުރަން ކުދިން ޖެހިލުންނުވާ އަދި އެކަމުގެ ބިރުކެނޑިގެންދާ ކަމަކަށްވެސް އެބަވެއެވެ. ވީމާ އަމިއްލަ ދަރިންގެ ބޮލުގައި ނަމަވެސް ޒިނޭގެ ތުހުމަތު ނާޅުވާށެވެ! 

މައިްނަބަފައިން ސަމާލުކަންދޭންވީ ދަރިން ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމަށެވެ. ﷲ ތަޢާލާ އަންގަވާފަދައިން ދަރިންގެ ކަންކަން ބެލެހެއްޓުމަށެވެ. އިސްލާމީ ތަރުބިއްޔަތުގެމަތީގައި ދަރިން ތަރުބިއްޔަތުކުރުމަށެވެ. މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 ގުޅުންހުރި ލިޔުމެއް:

https://islamqa.info/en/answers/106288/effects-of-marriage-resulting-from-an-illicit-relationship

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް