އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކޮށް އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާއިން ހިތް ހަމަޖެހުން ނުލިބޭނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެ!: މުފްތީ މެންކް

ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކޮށް އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާއިން ހިތް ހަމަޖެހުން ނުލިބޭނެ އެއްވެސް ކަމެއް ކުރިމައްޗެއް ނުވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކަންބޮޑުވާ ކޮންމެ ޙާލަތެއްގައިވެސް ނަމާދެއްކުރާށެވެ! ނަމާދަށްފަހު ދުޢާވެސް ކުރާށެވެ! 

ޔަޤީންކުރާށެވެ! ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކޮށް އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާއިން ހިތް ހަމަޖެހުން ނުލިބޭނެ އެއްވެސް ކުރިމައްޗެއް ނުވާނެއެވެ! 

އެއްވެސް މައްސަލައަކީ ފިކުރުކޮށްގެން އަދި ކަންބޮޑުވެގެން ޙައްލުކުރެވޭނެ ކަމެއް ނޫނެވެ! އަދި އެއްވެސް މީހަކަށްވެސް އެއްވެސް ކަމެއް ޙައްލުކޮށެއް ނުދެވޭނެއެވެ! ﷲ ތަޢާލާ އެކަމަކަށް މިންވަރުކުރެއްވެވުމުން މެނުވީއެވެ. 

ނަމާދުކުރުމާ ދުޢާކުރުން ދޫކޮށް ހިތްހަމަޖައްސަން ކުރެވޭ އެއްވެސް ކަމަކުން ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ކުޑައިރުކޮޅަކަށް ޚިޔާލުތަކާއި ދުރުވެވިދާނެއެވެ. ނަމަވެސް މާބާރަށް ހަމައެކަންބޮޑުވުންތައް އެނބުރިއަންނާނެއެވެ! 

މިޔުޒިކާއި މަސްތުވާ ތަކެއްޗަކީ ހިތްހަމަޖެހުން ލިބޭ ކަންކަން ނަމަ ދުނިޔޭގެ ގިނަ ބައަކު ތިބޭނީ ހިތްހަމަޖެހިގެން ނޫންހެއްޔެވެ؟ ގިނަ ބައަކު ތިބީ ހިތްހަމަޖެހިގެންހެއްޔެވެ؟ ލޮލަށް ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރެވޭނަމަ ދެއްވެވި ބުއްދީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް