އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވޭ! ބިޓުންނާ ކުރާ ކަންކަމުގެ ވާހަކަ އެންމެ ގާތް އެކުވެރިޔާ ގާތު ދެއްކުމުންވެސް އެވަދެވެނީ ހަމަ ނަރަކައަށް!

ބިރުވެތިވޭ! ބިޓުންނާ ކުރާ ކަންކަމުގެ ވާހަކަ އެންމެ ގާތް އެކުވެރިޔާ ގާތު ދެއްކުމުންވެސް އެވަދެވެނީ ހަމަ ނަރަކައަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިހާރަކަށް އައިސް "ބިޓުން" ކަމަށް އެބުނާ ކޮންމެވެސް މީހަކާއިއެކު ފާހިޝް އަމަލެއް ނުކުރެވުނުނަމަ އެރެއަކީ ނުވެސް އަންނަ ރެއަކަށް ވާހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ. ދުނިޔޭގެ އެންމެ އެއތަނަކަށް ޖަމާވެ ތިބެގެން ކުރިނަމަވެސް ޙަރާމްކަމެއް ވާނީ ހަމަ ޙަރާމްކަމަކަށެވެ. އެކަމުގެ ޙުކުމް ބަދަލެއް ނުވާނެއެވެ. 

ކީރިތި ޤްރްއާނުގެ ސޫރަތުލްއިސްރާގެ 32 ވަނަ އާޔަތް ބައްލަޥާށެވެ! އެއާޔަތުގެ މާނައިގައި ވަނީ "އަދި ތިއަބައިމީހުން ޒިނޭ އާއި ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިކަންބޮޑުވެގެންވެއެވެ." މިފަދައިންނެވެ.  

ދެން ބަލައިލަންވީ ނޫރު ސޫރަތުގެ 19 ވަނަ އާޔަތަށެވެ. 

އެއާޔަތުގެ މާނައިގައި ވަނީ "ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި، ޢަމަލު (ހުތުރުކަން ބޮޑު ޢަމަލު) ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެ އާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުއްޓެވެ.  ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." 

ހިތާމައަކީ އިސްލާމް ދީނުގައި ކަންކަން އޮތީ މިފަދައިން ނަމަވެސް ނަރަކައިގެ ޢަޛާބަށް އެއްވެސް ބިރެއް ނެތި ޒިނޭކުރުމާއި އެނޫންވެސް ފާހިޝް އަމަލުތައް ކުރުމަށް ހިތްވަރުދީ މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ހިތްވަރުދެވެމުން އަންނަކަމެވެ. ޒިނޭއަށް މަގުފަހިކޮށްދީފާނެ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހޭކަން ކީރިތި ޤްރްއާނުން ސާބިތުވެ އެނގެން އޮތްއިރުވެސްމެއެވެ.

"ތިބާ ހައްދަވައި ގެންގުޅުއްވަވާ، ތިބާޢަށް ގުނާ އަދަދު ނުކުރެވޭ ފަދަ ނިޢްމަތް ދެއްވެވި ﷲ އަށް ޙަމްދާއި ޝުކުރު ކުރާށެވެ. ﷲ ނަހީ ކުރެއްވެވި ކަންތަކަށް އަރައްގަންނަމުންދާ ހިނދު ލަދުގަންނަންވީ އަދި ބިރުގަންނަންވީ މީސްތަކުންނަށް އެނގިދާނެ ކަމަކަށް ނޫނެވެ. ﷲ އަށެވެ! 

ތިމާއަށް ﷲ ނުފެނުނުކަމުގައިވި ނަމަވެސް ތިމާ ކުރާ ހުރިހާ ކަމެއް އަދި ބުނާ ހުރިހާ ބަހެއް (ދައްކާ ވާހަކަތައް) އަދި ތިބާގެ ހިތުގައި ފޮރުވާފައިވާ ހުރިހާ ކަމެއް ﷲ ދެކެދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އައްސަވައިވޮޑިގެންވެއެވެ. އެކަންކަން ހަނދުމަކުރާށެވެ! މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފަތުރަން ނުއުޅޭށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް