އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ! މިފަދައިން އެބަ ދުޢާކުރަމު ހެއްޔެވެ؟

ރަމަޟާން މަސް ދާދި ކައިރިވެއްޖެއެވެ! މިފަދައިން އެބަ ދުޢާކުރަމު ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

މިއަހަރުގެ ރަމަޟާން މަސް ވަރަށް ގާތްވެއްޖެއެވެ. މަހެއްހައި ދުވަހަށް ކައިރިވެއްޖެއެވެ. ރަމަޟާން މަހަށް ތައްޔާރުވާން އެއްވެސް ކަމެއް ކުރެވިއްޖެހެއްޔެވެ؟ ރަމަޟާން މަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވެވުން އެދި އެބަ ދުޢާކުރަމުހެއްޔެވެ؟

ފައިތުވެ ދިއަ ރަމަޟާންމަހަކީ ފަހުގެ ތާރީޚުގައި މުސްލިމުންނަށް ކުރިމަތިވި އެންމެ ހިތާމަވެރި ރަމަޟާން މަހެވެ. ޕާކިސްތާން ފިޔަވައި އެހެން މުސްލިމް ޤައުމުތަކުގައި ޖަމާޢަތުގައި ނަމާދުކޮށްލުމުގެ ފުރުޞަތުވެސް ނުލިބިދިއަ ރަމަޟާން މަހެކެވެ.

އަހަރެމެން އުންމީދުކުރަމުން މިދަނީ މިއަހަރުގެ ރަމަޟާން މަހަކީ ޖަމާޢަތުގައި ނަމާދުކުރެވޭނެ، ތަރާވީޙް ނަމާދާއި ދަމުނަމާދުވެސް ޖަމާޢަތުގައި ކުރެވޭނެ އަހަރެއްކަމުގައި ވުމަށެވެ. ކިތަންމެ ކުރުކޮށް ނަމަވެސްމެއެވެ. ދުޢާއަކީ ރަމަޟާން މަސް އަންނައިރު ޙާލަތު ބަދަލުވެ ކުރީގެ އަހަރުތަކާއި އެއްފަދައިން އަޅުކަން ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ގޮތަށް ޙާލަތު ބަދަލުވެ ކޮރޯނާ ވައިރަސްގެ ވަބާއިން ސަލާމަތްކުރައްވަވާފައިވުމެވެ.

މީސްތަކުންނޭވެ! މިއަހަރުގެ ރަމަޟާން މަހާއި ބައްދަލުވުމަށް ކުރާ ފުރަތަމަ މަސައްކަތަކީ ނުވަތަ ކަމަކީ ރަމަމާން މަހާއި ބައްދަލުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުން ކަމުގައި ހަދާށެވެ! އެއަށް ޖަމާޢަތުގައި އަޅުކަންކުރުމުގެ ފުރުޞަތު ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ!

ރަމަޟާން މަހަކީ ކޮންމެ މުސްލިމަކަށްވެސް ރަނުގެ ޚަޒާނާއެކެވެ. އަޑިނުވެސްއެނގޭހައި ފުންމިނަށް ފީނައިގެން ހީވެސް ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަނެވެން އޮތް މައްސަރެކެވެ. ވީމާ ރަމަމާން މަހާއި ބައްދަލުކުރުމަށް ވީހައި ބޮޑަށް ތައްޔާރުވަމުން ގެންދާށެވެ. އެަކްން ކުރެވޭނީ މިހާރުންސުރެ ވީހައި ގިނަވަގުތު އަޅުކަމުގައި ހޭދަކުރަން މަސައްކަތްކޮށްގެންނެވެ.

މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!

"ޔާ ﷲ! މިއަހަރުގެ ރަމަމާންމަހާއި ބައްދަލުކުރުމުގެ ފުރުޞަތު ދެއްވަވާނދޭވެ! އަދި އެމައްސަރުން ޙާޞިލުކުރެވެން އޮތް ޘަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމުގެ ފުރުޞަތު ދެއްވަވާނދޭވެ! ޖަމާޢަތުގައި ނަމާދުކޮށް ރޭއަޅުކަންކުރުމުގެ ފުރުޞަތާއި މިސްކިތުގައި އިޢްތިކާފަށް ތިބެވޭނެ މަގު ފަހިކުރައްވަވައި ދެއްވަވާނދޭވެ!

އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ އަށެވެ! އަޅަމެންނަސް ކިތަންމެ ކުޑަނަމަވެސް ރަހްމަތެއް ލިބުންވަނީ އިނބަ ﷲ ގެ ޙަޟްރަތުންނެވެ. އިނބަ ﷲ ދެއްވެވުމުންނެވެ. އަލަމެންނަށް ރަހްމަތް އިތުރުކުރައްވަވާނދޭވެ!" އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް