އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު ކަސްޓަމަރުންނަށް "ސްޕޮޓިފައި" ތައާރަފްކޮށްފި

ދިރާގު ކަސްޓަމަރުންނަށް "ސްޕޮޓިފައި" ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ދިރާގު ސްޓްރީމިންގ އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިންގ އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފިއެވެ. 

ދިރާގުން ބުނެފައިވަނީ މި އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިންގ އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިންގ ޕަރކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިންގ އެޑްއޮންސްގައިވެސް ހިމެނޭނެ ކަމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ޚިދުމަތްތަށް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ދިރާގުގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒެއް ކަމަށެވެ. 

ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް ދިރާގުން އުންމީދުކުރާކަމަށް ބުނެފައިވެއެވެ.

ދިރާގު ސްޓްރީމިންގ އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިންގ އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެއެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. 

ސްޓްރީމިންގ އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯރޑް އެސް.އެމް.އެސް ކޮށްލުމުން އެކްޓިވޭޓްކޮށްލެވޭނެއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރިކޮށްދޭ އެޑް-އޮންތަށް ކަސްޓަމަރުންންގެ ބޭނުންތައް ފަރުމާކުރުމަށް ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ