އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ ކިޑްނީ ފޭލްވަމުންދާ އިޙްސާނާގެ އާދޭސް: ﷲ އަށްޓަކާ އަޅުގަނޑުގެ ބަނޑުގައިމިވާ ދަރިފުޅު ދިރިހުރުމަށް އެހީތެރިވެދެއްވާ!

ދެވަނަ ކިޑްނީ ފޭލްވަމުންދާ އިޙްސާނާގެ އާދޭސް: ﷲ އަށްޓަކާ އަޅުގަނޑުގެ ބަނޑުގައިމިވާ ދަރިފުޅު ދިރިހުރުމަށް އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނައިގައިވެއެވެ. ”އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ސުބްހާނަހޫވަތައާލާ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ ސުބްހާނަހޫވަތައާލާ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ ސުބްހާނަހޫވަތައާލާ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ސުބްހާނަހޫވަތައާލާ ވޮޑިގެންވެއެވެ."

[رواه مسلم في صحيحه: 2699]

މާތްﷲ ސުބްހާނަހޫވަތައާލާ އަށްޓަކައި އެހީ ތެރިވެދެއްވާ! މާތްﷲ ސުބްހާނަހޫވަތައާލާ އަށްޓަކާ ކުރާ އެއްވެސް ހޭދައަކީ ގެއްލިގެންދާނެ އެއްޗެއް ނޫން! 2 ދުނިޔޭގަވެސް މަތިވެރި ވެގެންވާ ސަވާބާއި ދަރުމަ ލިބޭނެއެވެ, إن شاء الله

ވެދުން ސަލާމަށްފަހު އަދަބު އިޙްތިރާމާއިއެކު ދަންނަވަމެވެ. 

އަޅުގަނޑުގެ ނަމަކީ އައިޝަތު އިހްސާނާއެވެ. އަޅުގަނޑަކީ 2014ވަނަ އަހަރު އަޅުގަނޑުގެ ކަނާތު ފަރާތު ކިޑްނީ ހަލާކުވެގެން ނަގާފައިވުމުގެ ސަބަބުން ދިރިއުޅުމަށް މަސައްކަތް ނުކުރެވޭ ކުއްޖަކީމެވެ. ހަދާންނެތުމުގެ މައްސައްލަ ހުންނާތީ ތަޢުލީމް ނުލިބުމުގެ ސަބަބުން ރަގަޅު ވަޒީފާއެއްވެސް އަޅުގަނޑަށް ނުލިބެއެވެ. ކިޑްނީ ނެގުމާއި ގުޅިގެން ބުރަ މަސައްކަތް ކުރުންވެސް އަޅުގަނޑަށް ޑޮކްޓަރ ވަނީ މަނާ ކުރައްވާފައެވެ. 

ކުއްޖަކު ލިބުނަސް ކިޑްނީގެ ޚާއްސަ ޑޮކްޓަރެއްގެ ލަފަގެ މަތިން ކުރިޔަށް ދިޔުމުން އިން ޝާ ﷲ ރަގަޅުވާނޭކަމަށް ޑޮކްޓަރވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުގެ ބަނޑުގަ ރިއްސާ ބޮލަށް އެނބުރުން އަރާ ރަގަޅަށް އިން ކިޑްނީ އިންނަ ފަރާތުގަ ރިއްސާތީވެ ޑޮކްޓަރަށް ދެއްކުމުން ވިދާޅުވީ އަޅުގަނޑު ބަލިވެ އިން ވާހަކައެވެ. ނަމަވެސް އޭގެ ހަތަރުމަސް ފަހުން އަޅުގަނޑުގެ ބަނޑުގަ ވަރަށް ބޮޑަށް ރިއްސާތީވެ ޑޮކްޓަރަށް ދެއްކުމުން ވިދާޅުވީ ރަގަޅަށް އިން ކިޑްނީ މަސައްކަތް ކުރާވަރު އަވަސްކަމުން ހަށިގަނޑުގެ ލޭ ދައްވަނީކަމަށެވެ.

އެހެންކަމުން ޑޮކުޓަރުގެ ލަފާގެ މަތިން ވީއެންމެ އަވަހަކަށް ކިޑްނީގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުން ވިދާޅުވީ ރަގަޅަށް އިން ކިޑްނީގެ މަސައްކަތް 20 ޕަސެންޓް ދައްވެފައިވާކަމަށެވެ. އަދި ވީއެންމެ އަވަހަަކަށް ކިޑްނީއެއް ހޯދާ ލެއްވުމަށް ލަފާ ދެއްވެވިއެވެ.  

އަޅުގަނޑުމެން ދެމަފިރިން އަޅުގަނޑުގެ ކިޑްނީ ލެއްވުމަށް މިކުރާ މަސައްކަތުގައި ތިޔަ ލޮބުވެތި ފަރާތުގެ އެހީތެރިކަމަށް މިއަދު އަޅުގަނޑުމެން މިވަނީ ނިހާޔަތަށް ބޭނުންވެފެއެވެ. ﷲއަށްޓަކައި އަޅުގަނޑަށް މިކަމުގައި އެހީތެރިވެދެއްވުމަށް ވަރަށް ބޮޑަށް އާދޭހާއިއެކު އެދެމެވެ

އަޅުގަނޑުގެ ހަށިގަނޑުގައި މިއަޅާވޭން ބުނެދޭންވެސް ނޭގޭވަރަށް ބައެއްފަހަރު އަޅުގަނޑުގެ ހަށިގަނޑުގައި ރިއްސައެއްވެ. ގިނަ ވަގުތުގައި އުޅެން ޖެހިފައިވަނީ ހޮސްޕިޓަލްގައެވެ. ކިތައްމެ ކުޑަކަމެއް ދިމާވިޔަސް ޑޮކްޓަރަށް ދައްކަން ދާންޖެހެނީ ކިޑްނީގެ ސްކޭންކޮށް އަދި ބަނޑުގެ ސްކޭން ހެދުމަށް ފަހުގައެވެ.

އަޅުގަނޑުގެ ޚާލަތު މިވަގުތު ހުރިގޮތުން ފިރިމީހާއަށް މަސައްކަތް ކުރާނެ ވަގުތެއްވެސްވަނީ ނުދެވިފައެވެ. މިކަމާއި ގުޅިގެން އަޅުގަނޑުގެ ފިރިމީހާއަށް މިއަދު މިވަނީ ޒަރޫރީ ބޭނުންތައްވެސް ނުފުއްދޭހާ ބޮޑަށް ދަތިވެފައެވެ. ލިބޭ ކުޑަކުޑަ ވަގުތުކޮޅުގައިވެސް މަސައްކަތެއް ނުކޮށް އާމްދަނީއެއް ލިބޭނެ އިތުރު ގޮތެއް މިއަދު މިވަނީ ނެތިފައެވެ. 

މާތް ﷲ އަށް ޓަކައި އަޅުގަނޑުގެ ބަނޑުގައިމިވާ ދަރިފުޅު ދިރިހުރުމަށްޓަކައި ތިޔަ ފަރާތުގެ ދީލަތި އެހީތެރިކަން މިއަދު އަޅުގަނޑަށް ވަރަށްބޮޑަށް ބޭނުންވެއެވެ. މިކަމުގައި އަޅުގަނޑަށް އެހީތެރިވެދެއްވުމަށް ކިތައްމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއްވެސް ވެދެއްވާތޯ ތިޔަފަރާތަށް އާދޭސް ދަންނަވާހާލު މިސިޓީ ލިޔަމެވެ. އަދި މިސިޓީއާއިއެކު މިކަމުގައި ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކާއި، ހަދާފައިވާ ސްކޭންތަކުގެ ކޮޕީ ތިޔަފަރާތުގެ މަޢުލޫމާތަށްޓަކައި ފޮނުވަމެވެ. އަދި މީގެ އިތުރަށް މަޢުލޫމާތު ސާފުކޮށްލައްވަން ބެނުންފުޅުނަމަ އަޅުގަނޑަށް ގުޅާލަދެއްވުން އެދެމެވެ. 

ﷲއަށް ޓަކައި އަޅުގަނޑަށް އެހީއެއް ވެދެއްވުމަށް އަޅުގަނޑުގެ އެކައުންޓް ނަންބަރ 7730000179517އަށް ޓްރާންސްފަރ ކޮށްދެއްވުން އެދި އާދޭހާއިއެކު ދަންނަވަމެވެ

އިޙްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

އައިޝަތު އިހުސާނާ ފޯން 9547102

އައިޝަތު އިޙްސާނާގެ ފިރިމީހާ ބުނީ އަނބިމީހާގެ ބަނޑަށް 6 މަސް ކަމަށާއި 7 މަސްވެއްޖެ ނަމަ ފްލައިޓުން ދަތުރުނުކުރެވިދާނެތީ ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ. އަދި މީހުންގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ޖެހުނީ ދެން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް