އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެފޭ, ހޮޓާ ތަށް ރޭގަނޑު 8 ޖަހާއިރު ބަނދުކުރަން ނިންނި މުއްދަތު އިތުރުކޮށްފި

ކެފޭ, ހޮޓާ ތަށް ރޭގަނޑު 8 ޖަހާއިރު ބަނދުކުރަން ނިންނި މުއްދަތު އިތުރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ކެފޭ, ހޮޓާ ތަށް ރޭގަނޑު 8 ޖަހާއިރު ބަނދުކުރަން ނިންނި މުއްދަތު އަނެއްކާވެސް އެއް ހަފްތާއަށް އިތުރުކޮށްފިއެވެ.

މިކަމާގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، މިރޭ އާންމު ކުރެއްވި، އެންގުމުގައި ބުނެފައިވަނީ، 25 ފެބްރުއަރީގެ އެންގުމުގެ ދަށުން 27 ފެބްރުއަރީން ފެށިގެން އަޅާފައިވާ ފިޔަވަޅުގެ މުއްދަތު 6 މާޗް 2021 ވާ ހޮނިހިރު ދުވަހުން ފެށިގެން ހަފްތާއަކަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެންގުމުގައި ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ، ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން އަންގާ ކަމަށާއި މިހާރުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:30 ވަންދެން ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު