އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ އަމުރުފުޅުތަކާ ޚިލާފްވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް ބިރުވެތިވާން އިމާމް ގޮވާލައްވައިފި

ﷲ ގެ އަމުރުފުޅުތަކާ ޚިލާފްވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް ބިރުވެތިވާން އިމާމް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

"އެންމެ ނުރައްކައުތެރި ފިތުނައަކީ ދީނީ ފިތުނައެވެ. އެއީ ﷲ ގެ އަޅާ އާއި އޭނާގެވެރި ރަސްކަލާނގެއާއި ދެމެދުގައިވާ ގުޅުން އިމްތިޙާންކުރެވޭ ފިތުނައެވެ. އިމްތިޙާންގައި ފޭލްވާ މީހުން ފުރެދުމުގެ ތެރެއަށް ވެއްޓިގެންދެއެވެ. 

މުސްލިމް އަޚުންނޭވެ! ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުޞީބާތެކެވެ. އެއިގެ ސަބަބުން ކެތްތެރިންވެސް އާވާރާވެ، މަގުއޮޅިދެއެވެ. ފިތުނައިގެ ސަބަބުން ކިތައްކިތައް މީހުން ޙައްޤުން އެއްކިބާވެ، ހަލާކުވެ ގޮސްފައިވޭ ހެއްޔެވެ؟.." 

"ޤައުމެއްގައި ޞައްޙަ ތެދުމައުލޫމާތާއި ހުނަރު ފެތުރިއްޖެނަމަ އެޤައުމެއް ކުރިއަރާނެއެވެ. ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ޤަދަރާއި ޢިއްޒަތް އުފުލޭނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. "ފަހެ، އެކަލާނގެ އަމުރުފުޅުތަކާ ޚިލާފްވާ މީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް އެއުރެން ބިރުވެތިވާހުށިކަމެވެ." 

(މިއަދުގެ ޚުޠުބާއިން)

މިއަދުގެ ހުކުރު ޚުޠުބާގައި އިމާމްވަނީ މުސްލިމުން އިސްލާމް ދިނާއި ދުރުކުރަން އުފައްދަމުންދާ ފިތުނަތައް ފަތުރާ ފަރާތްތަކުން އެކަންކަމަށް ސަމާލުކަން ދިނުމަށް ވެސް ގޮވާލައްވައިފައެވެ.  

އިމާމް މިފަދަ މޭޭރުމަކުން ގޮވާލައްވާފައި މިވަނީ ސުންނަތާއި އެއްގޮތަށް ނަމާދުކުރުމާއިބެހޭ ގޮތުން ހެލްތް މިނިސްޓަރު މަޖިލީހުގައި ދޮގު މައުލޫމާތުދެމުންގޮސް ހައްދުފަހަނައަޅާފައިވާ ދޮގުތަކެއް ހެދުމުން އެއީ ވެސް ޙަޤީޤަތެއްކަން ދައްކައި މުސްލިމުން ހިތްތަކުގައި ދީނާއިމެދު ބިރުވެރިކަން އުފައްދަން ބައެއް މީޑިއާތަކުން ވަރަށް ބޮޑަށް މަސައްކަތްކުރަމުން ގެންދާ ވަގުތެއްގައެވެ. 

"އަޅުގަނޑު ނިދާ ހޭލިއިރުވެސް 139 މީހުން ޕޮޒިޓިވްވެއްޖެ. މިއަދު މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އަށްވުރެ މަތިވާނެ ކަމަށް މިބެލެވެނީ." މިނިސްޓަރު ވިދާޅުވި ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވީ އެންމެ 145 މީހުންނެވެ. އެއިގެ މާނައަކީ ރޭގަނޑު 139 މީހުން ޕޮޒިޓިވްވެފައި މުޅި ދުވަހު އެންމެ 6 މީހުން ޕޮޒިޓިވްވުމެވެ. މިއީ އެއްވެސް އިންސާނެއްގެ ބުއްދިއަށް ޤަބޫލުކުރަންވެސް ފަސޭހަވާނެ އަދަދެއް ނޫންކަން ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ. 

މީގެ އިތުރުން އެއީ ޙަޤީޤަތެއްކަން ސާބިތުކޮށްދެެވޭނެ އެއްވެސް ހެއްކެއްނެތި ގައިކައިރިކޮށް ނަމާދުކުރުމަކީ ކޮރޯނާ ފެތުރޭ ކަމެއްކަން ދައްކަން ވެސް އެޗްޕީއޭއިން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން ކަމަށާއި މިއީ އިސްލާމް ދީނާދެކޮޅަށް ފަތުރާ ބޮޑު ފިތުނައެއްކަމަށް ރާއްޖޭގައި ތިއްބެވި ޖަމާޢަތުގައި ނަމާދުކުރައްވާ ގިނަ ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. 

މުސްލިމުން ޔަޤީންކޮށް އިތުބާރުކުރަންވީ ކީރިތި ޤުރްއާނުގައި މިފަދަ ބަސްފުޅުތަކަކަށް ކަމަށް ޢިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. 

﴿مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّـهِ ۗ وَمَن يُؤْمِن بِاللَّـهِ يَهْدِ قَلْبَهُ ۚ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴾  [2]

މާނައީ: ”اللَّه ގެ إذن ފުޅަށް މެނުވީ، އެއްވެސް مصيبة އެއް ނުޖެހެއެވެ. އަދި اللَّهއަށް إيمان ވާ މީހާ (ދަންނާށެވެ!) އެކަލާނގެ އެމީހާގެ ހިތަށް ތެދުމަގު ދައްކަވަތެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

﴿قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّـهُ لَنَا هُوَ مَوْلَانَا وَعَلَى اللَّـهِ فَلْيَتَوَكَّلِ الْمُؤْمِنُونَ ﴾ [3]

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ! "

މުޞީބާތްތަކުން ސަލާމަތްވުން ވަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ތަޤްވާވެރިކަން އިތުރުކުރިވަރަކުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް