އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރޯނާއާ ގުޅިގެން ޢާއިލާއާއިއެކު ހޭދަކުރަން ލިބޭ ވަގުތަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހަދާށެވެ!

ކޮރޯނާއާ ގުޅިގެން ޢާއިލާއާއިއެކު ހޭދަކުރަން ލިބޭ ވަގުތަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހަދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެން ފެށިތާ އަހަރުވެގެންދިއައީއެވެ. ނުރައްކާ އަދިވެސް އޮތީ ހަމަބޮޑުކޮށެވެ. އެކަމުގެ ސަބަބުން މަސައްކަތްކުރާ ވަގުތުތައް މަދުވެ ޢާއިލާ އާއިއެކު ހޭދަކުރަން ގިނަވަގުތުތަކެއް ދަނީ ލިބެމުންނެވެ. 

މައިންބަފައިންނަށް ގޭގައި ތިބެގެން މަސައްކަތްކުރަންޖެހިފައިވާއިރު އަދި ބޭރަށް ނުކުމެ އުޅުން ދަތިވެފައިވާއިރު ގިނަ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތައްވެސް މިވަނީ ބަންދުކުރެވިފައެވެ. ވީމާ ދުވަސްތަކަކީ ދަރިން ތަރުބިއްޔަތުކުރަން ބޭނުންކުރާ ފުރުޞަތަކަށް ހެދުމަށް އިލްތިމާސްކުރަމެވެ. 

މިފަދަ ދުވަސްތަކެއްގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކުދިން ކީރިތި ޤްރައާނާއި ކައިރިކުރުވުމަށެވެ. އަދި ޚާއްޞަކޮށް ފަރުޟު 5 ނަމާދު އަދާކުރުވުމަށް ގަދައަޅައި މަސައްކަތް ކުރަންވާނެ އެވެ. ކޮންމެ ދުވަހަކު ވެސް ކީރިތި ޤްރްއާނުން މިންވަރެއް އުނގަންނައިދޭން މސައްކަތް ކުރަން ވާނެއެވެ. 

ލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައި ހުސްވަގުތުތައް ގިނަ ކޮށްފިނަމަ ނުވަތަ ލިބޭ ވަގުތުތައް ކުޅިވަރާއި މަޖަލުގައި ހޭދަކުރާނަމަ ރަނގަޅު މަގުން ކައްސާލައިގެން ދއުން ކައިރިވާނެއެވެ. ފުރުޞަތުގެ ބޭނުން ހިފައި ޝައިޠާނާ ގެންދާނީ ހުސްވަގުތު ހޭދަކުރާ މީހާ މަގުފުރައްދަމުންނެވެ.  

އަދި މިފަދަ ދުވަސްތަކަކީ ފައިދާ ހުރި ކޮންމެވެސް މަސައްކަތެއް ކުރާ ދުވަސްތަކަކަށް ހަދައި ކޮންމެވެސް މަސައްކަތެއް ނުވަތަ ހުނަރެއް ދަރިންނަށް ދަސްކޮށްދިނުމަކީވެސް ހަމަ އެހައިމެ މުހިންމު ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް