އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން މިއަދު ފަށައިފި

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން މިއަދު ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނެ ފައިވަނީ މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މީގެއިތުރުން އެމްޓީސީސީ އިން ވަނީ ލ. ގަން-މުކުރިމަގު ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަނީ އިންޔެ ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދަށުން، 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރުމާއި، 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު