އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕީސީއާރު ނައްސިވުމުން 8 ދުވަހު ބައްޔަށް ފައްސި ނުވާނެކަން އެޗްޕީއޭއަށް އެނގޭއިރު ނައްސިވާ މީހުން ސައުދަ ދުވަހަށް ކަރަންޓީނުގަ ބައިތިއްބަނީ ކީއްވެ؟

ޕީސީއާރު ނައްސިވުމުން 8 ދުވަހު ބައްޔަށް ފައްސި ނުވާނެކަން އެޗްޕީއޭއަށް އެނގޭއިރު ނައްސިވާ މީހުން ސައުދަ ދުވަހަށް ކަރަންޓީނުގަ ބައިތިއްބަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ޕީސީއާރު ނައްސިވުމުން 8 ދުވަހު ބައްޔަށް ފައްސި ނުވާނެކަން އެޗްޕީއޭއަށް އެނގޭއިރު ހަމަ އެ ޕީސީއާރު ޓެސްޓުން ނައްސިވާ މީހުން 14 ދުވަހަށް ކަރަންޓީނުގަ ބައިތިއްބަނީ ކީއްވެ؟

މިސުވާލު އުފެދުނު ސަބަބު: 

"އެޗްޕީއޭއިން މިރޭ އާންމުކުރި "ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި އަމަލު ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިން" ގައި ބުނެފައިވަނީ ކަރަންޓީނުވުމަކާ ނުލައި ކުރުމުއްދަތަށް (ފަސް ދުވަހަށް ވުރެ ދިގު ނޫން) އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެންޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ނުވަތަ ރިސޯޓަކުން ނޫނީ ގެސްޓްހައުސް ހިންގާ ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ދަތުރު ކުރެވޭނެ ކަމަށާ ނަމަވެސް ފަސް ދުވަހަށްވުރު ދިގު މުއްދަތަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުންވެސް އެޗްޕީއޭގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އަދި މި އުސޫލުގެ ދަށުން ދަތުރުކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓްގެ ނެގެޓިވް ނަތީޖާ އޮވެގެނެވެ."

މިނިންމުމުން ވަރަށް ސާފުކޮށް އެނގެން މިއޮތީ ޕީސީއާރު ޓެސްޓުން ނައްސި ވީމާ ކުރިއަށް އޮތް ދުވަހު ސައުފަ ދުވަހު އެމީހާ ކޮވިޑް ބައްޔަށް ފައްސި ނުވާނެކަން އެޗްޕީއޭއަށް އެނގޭ ކަމެކެވެ. 

އެއީ 72 ގަޑިއިރަކީ 3 ދުވަސްކަމަށްވެފައި 5 ދުވަހު އޭނާއަށް ރަށްރަށށް ގޮސް ކަރަންޓީނު ނުވެ އުޅުމުގެ ހުއްދަ ލިބޭތީއެވެ. 

ސުވާލު އުފައްދަން ޖެހޭ ސަބަބުތައް: 

1 ބަލި މާލެ ސިޓީއަށް ފެތުރިފައިވާ ކަމަށް އެޗްޕީއޭއިން ބުނާކަން

2 ބަލި ފެތުރިފައިވާ ސިޓީގައި ދިރިއުޅޭ ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް ބައްޔަށް ޕޮޒިޓިވްވެދާނެ މީހެއްކަމަށް އެޗްޕީއޭއިން ބުނާކަން

3 ކަރަންޓީނުގައި ބައިތިއްބާ މީހުން ޕީސީއާރު ޓެސްޓުން ނައްސިވިޔަސް 14 ދުވަސް ފުރިހަމަކޮށް ޓެސްޓް ހަދަން ޖައްސާކަން

4 ހުއްދައިގެ ދަށުން ކޮންމެ ވަގުތަކުވެސް ފައްސިވެދާނެ ކަމުގެ ބިރު އޮތް މީހުންނަށް ނައްސި ނަތީޖާއެއް ދެއްކުމުން ދަތުރުކުރެވޭކަން 

އަނެއްކާވެސް ފެންމަތި މިވީ ހަކުރު އަޑުބައިގަ ވެސް ދެކޮޅު އޮންނަން ޖެހޭނެ ކަމަށް ބުނާ މައްސަލައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް