އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްޕީއޭއަށް ކޮރަޕްޝަނުގެ ތުހުމަތު އިތުރުވަނީ! މަޖިލީހަށް ގިނަގިނައިން އެޗްޕީއޭގެ ވެރިން ހާޒިރުކުރަންފަށާއިރަށް ކޮރާނާ ރާއްޖެއިން ފިލާނެ!

އެޗްޕީއޭއަށް ކޮރަޕްޝަނުގެ ތުހުމަތު އިތުރުވަނީ! މަޖިލީހަށް ގިނަގިނައިން އެޗްޕީއޭގެ ވެރިން ހާޒިރުކުރަންފަށާއިރަށް ކޮރާނާ ރާއްޖެއިން ފިލާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެޗްޕީއޭގެ ވެރިން ގިނަގިނައިން މަޖިލީހަށް ހާޒިރުކުރަން ފަށާއިރަށް ކޮރޯނާ ރާއްޖެއިން ފިލާނެކަން މިހާރު މިވަނީ ޔަޤީންކުރެވިފައެވެ. އެއީ ބަލިޖެހޭ މީހުންގެ އަދަދަށް ބެލުމެއް ނެތި ކަންކަމަށް ބަދަލުގެންނާތީއެވެ. މަޖިލީހަށް ހާޒިރުކުރާ ވާހަކަދައްކާއިރަށް ކަންކަން ބަދަލުކުރަމުން ގެންދާތީއެވެ! 

މިއަދުގެ މަޖިލީހުގައި އެޗްޕީއޭއަށް ވަނީ ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. ސީދާ ޓެގް ޓީމަށްވެސް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު ރަޝީދު ވިދާޅުވީ "އެހެން ޤައުމުތަކުގައި ކުއްލި ހާލަތު އިއުލާނުކޮށް ޤައުމު ބަންދުކޮށްގެން ގެންގުޅޭނީ ސިއްހީ ހާލަތު ރަނގަޅުކުރުމަށް! ނަމަވެސް އަހަރުވާއިރުވެސް ރާއްޖޭގެ ސިއްހީ ނިޒާމަށް ބަދަލެއް ނާދޭ! އޮތީ ހަމަ އެއްވަރެއްގަ! ދެން "ނޭވާ ހޮޅިންވެސް ވައްކަން. ފުއްޕާމޭންވެސް ވައްކަން. ހަމަ ވަގަށް ނެގީ." .

ރަޝީދު ވަނީ މިކަންކަމުގައި ޓެގްޓީމްގެ މަސްލަހަތު އޮންނަކަން ފާހަގަކުރައްވައިފައެވެ. "މިކަމުގެ ތެރެއިން ބައަކު ނާޖައިޒު ފައިދާ ނަގާކަމަށް ތުހުމަތު ކުރެވޭ! އަދި އެކަމުގަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް!"

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް