އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ޓޫނާ ބްރެޑް ޓޯސްޓް

މިއަދުގެ ރެސިޕީ: ޓޫނާ ބްރެޑް ޓޯސްޓް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ބޭނުންވާ ތަކެތި:
ޕާން
7 ބިސް
3 ފިޔާ (ކުދިކޮށް ކޮށާފައި)
2 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
2 މަސް ދަޅު
2 ސައިސަމުސާ ލުނބޯ ހުތް
ރަހަލާވަރުގެ ލޮނުކޮޅެއް
1 ސައިސަމުސާ އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ތައްޓަކަށް ފަސް ބިސް ތެޅުމަށްފަހު ގިރާލާށެވެ. އެއަށްފަހު ފިޔާ ކޮޅާއި، ގިތެޔޮ މިރުސް ކޮޅު، އަދި ޓޮމާޓޯ ކޮޅާއި މަސްދަޅުކޮޅުވެސް އަޅާ އެއްކޮށްލާށެވެ. ދެން ރަހަލާވަރަށް ލޮނުކޮޅެއް އަޅާ ލުނބޯހުތް ކޮޅާއި އަސޭމިރުސް ކޮޅުވެސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އެހެން ތައްޓަކަށް ދެ ބިސްތަޅާ ގިރާލާށެވެ.

ދެން ޕާންފޮތިތަކަށް، ތައްޔާރު ކޮށްލެވުނު މަސްކޮޅު އަޅާލާށެވެ. ޕާންފޮތިތައް މެދުން ކެފުމަށްފަހު، ވަކިން ގިރާފައި ހުރި ބިސް އެއްޗަށްލާ ފޯކޮށްލާށެވެ.

ދެން އުނދުން މައްޗަށް ތަވައެއް ލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާ، ޕާން ފޮތިތައް ފިހެލާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ