އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރަމްފުޅަށް ދޭން އުޅުނު ހަމަލާ އާއި ގުޅިގެން މުސްލިމް ޤައުމުތައް އިންތިހާއަށް ކަންބޮޑުވެއްޖެ!

ހަރަމްފުޅަށް ދޭން އުޅުނު ހަމަލާ އާއި ގުޅިގެން މުސްލިމް ޤައުމުތައް އިންތިހާއަށް ކަންބޮޑުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މައްކާގެ މާތްވެގެންވާ ޙަރަމްފުޅަށް ރޭ ދޭން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މުސްލިމް ޤައުމުތަކުން ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. މުސްލިމް ޤައުމުތަކުން ބުނަމުން ދަނީ އެހަމަލާއަކީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ޙަމަލާއެއް ކަމަށެވެ.

ޔޫއޭއީ އިން ބުނެފައިވަނީ ހާދިސާއިން އަންގައިދިނީ ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ޤައުމުތައް ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތްތައް ވަރުގަދަކުރަންވީ މިންވަރު ކަމަށެވެ.

"ހަމަލާދޭން ރޭވި މީހުން ނިކަން ބަޔާންކޮށްދީބަލަ ޙަރަމްފުޅަށް ހަމަލާދޭން ޖެހޭ އެއްވެސް ސަބަބެއް. ނުދެއްކޭނެ. ދުވަހަކުވެސް ނުދެއްކޭނެ. ޓެރަރިޒަމާއިމެދު އަޅާ ފިޔަވަޅުތައް އަދިވެސް ަވަރުގަދަކުރަންވީ." ޔޫއޭއީގެ ޚާރިޖީވަޒީރު ވިދާޅުވެފައިވެއެވެ.

އިރާޤުގެ ޕާލަމެންޓްގެ ރައީސް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ހިފާފައިވާ ސަރަހައްދުތައް މިނިވަންކުރުމަށްވުރެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި ފިކުރުތައް ފޮހެލުން މާ މުހިންމު ކަމަށެވެ.

ގިނަ އަދަދެއްގެ މުސްލިމް ޤައުމުތަކުން މިހަމަލާ ކުށްވެރިކޮށްފައިވާއިރު ކުވައިތު މިޞުރު ބަހްރައިން ފަދަ ޤައުމުތަކުންވެސް ވަނީ ހަމަލާ ކުށްވެރިކޮށްފައެވެ.

ބަހެއް ނުބުނަނީ ޤަތަރާއި އީރާން ފަދަ ޤައުމުތަކުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް