އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޘަޤާފީ ޢީދު އުފާ މިއަދު ހަވީރު ބާއްވަނީ..

ޘަޤާފީ ޢީދު އުފާ މިއަދު ހަވީރު ބާއްވަނީ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ޒުވާނުންގެ މަރުކަޒުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ޘަޤާފީ ޢީދު އުފާ މިއަދު ހަވީރު އޮންނާނެއެވެ.

މާލޭގެ ރައްތުންނަށް ދިވެހި ޘަޤާފަތާއި އެވޭލާ ދުވަސްވީ ޢީދު ކުޅިވަރުތައް ދަކާލުމާއި މި ކުޅިވަރުތަކަށް ދިވެހި ޒުވާނުންގެ ހިތުގައި ލޯބިއިތުރުކުރުމަށް މަގުފަހި ކޮށްދިނުމަށާއި ކުޑަކުދިންނަށް އުފާވެރި ޢީދެއް ގެނެސްދިނުމާއި ކުޑަކުދިންގެ ހިތުގައި ދިވެހި ޘަޤާފީ ޢީދު ކުޅިވަރުތަކަށް ލޯބިއިތުރުކުރުމުގެ މަޤުޞަދުގައި ބާއްވާ މި ޘަޤާފީ ޢީދު އުފާ ހަވީރުގައި ތަފާތު ކުޅިވަރުތައް އޮންނާނެ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.

މި ކުޅިވަރުތައް ފެށޭނީ ރަސްފަންނު ސަރަޙައްދުން ކަމަށާއި ވީހާވެސް ގިނަ ބަޔަކު މި ޢީދު އުފަލުގައި ބައިވެރިވުމަށް ޔޫތް މިނިސްޓްރީން އެދެއެވެ.

އެ މިނިސްޓްރީން މިދިޔަ އަހަރު ފިތުރު ޢީދުގެ މުނާސަބާތުގައިވެސް '1437 ޘަޤާފީ ޢީދު އުފާ' ގެ ނަމުގައި ބޭއްވި ޢީދު އުފާ ކުޅިވަރުތަކަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް