އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިޔާވެރިކަމަކީ ކުރިއެރުމެއް ނޫން- އަނިޔާވެރިކަން ދާނީ ފަހަތަށް: ޝާހިދު

އަނިޔާވެރިކަމަކީ ކުރިއެރުމެއް ނޫން- އަނިޔާވެރިކަން ދާނީ ފަހަތަށް: ޝާހިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އަނިޔާވެރިކަމަކީ ލިބޭ ކުރިއެރުމެއް ނޫން ކަމަށާއި އަބަދުވެސް އަނިޔާވެރިކަން ދާނީ ފަހަތަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިދިކޮޅު ކޯލިޝނަށް 45 މެންބަރުންގެ ސޮއި މިއަދު ލިބިގެންދިއައީ މާތްﷲ ގަންދީ ހުވާކޮށްގެން ތިބި މެންބަރުންތަކަކަށް އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.

ޝާހިދު ވިދާޅުވީ އަނިޔާވެރިކަމަށް ބިރުން ފަސްޖެހި ތިބެގެން ޤައުމުގެ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށާއި ހާލަތު ބަދަލުކުރެވޭނީ ފަސް ނުޖެހި ކެރިގެން ނުކުތުމުން ކަމަށެވެ. އަދި ބިރުން ފަސްޖެހި ފިލައި ތިބެގެން ސަލާމަތާއި ރައްކައުތެރިކަން ނުލިބޭނެ ކަމަށާއި ސަލާމަތާއި ރައްކައުތެރިކަންވެސް ލިބޭނީ ކެރިގެން ނުކުތުމުން ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޯލިޝަނާއި ގުލުނު ފަރާތްތަކަށާއި އަދި އަލަށް ގުޅޭ ފަރާތްތަކަށް ކޯލިޝަނުން މަރުހަބާ ކިޔާ ކަމަށާއި އެފަރާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކައުތެރިކަންވެސް ލިބޭނެ ކަމަށެވެ.

ފެތުނު އޮޑީގެ ރިޔާދަށުން ސަލާމަތްވެ ސަލާމަތުން އޮތް އޮޑިއަށް އެންމެން އެރުމަށްވެސް ޝާހިދު ވަނީ ގޮވާލައްވައިފައެވެ.

ޝާހިދު ވިދާޅުވީ ޤާނޫނު އަސާސީ އޮތް ނަމަވެސް އެއިގެ ބާރުތައް ދަނީ ކެނޑި ހުސްވަމުން ކަމަށާއި އެއީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އެ ނުރައްކަލުން ޤައުމު ސަލާމަތްކުރުމަށްޓަކައި އެންމެން ގުޅިގެން ހިތްވަރާއިއެކު ކުރިއަށް ދާން މަސައްކަތް ކުރުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް