އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ

ތުނޑިމަތިން ފެންނަމުން ދިޔަ ކުޑަކުއްޖާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު



އަހަރެންގެ ދައްތައާއި އަވަލީ ޖިންނި ކުޑަ ކުއްޖެކެވެ. އެއީ އަހަރުމެން ހަތް ދުވަހުގެ ދަތުރަކަށް ރަށަކަށް ދިޔަ ފަހަރެކެވެ. ދައްތައަށް މިހާރު މިހާދިސާ އެވަރަށް ހަނދާން ނެތް ކަމުގައި ވިޔަސް އެކަންތައްގަނޑު އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ދައްތައަކީ އަބަދުވެސް ވަރަށް ބިރުކުޑަ މީހެކެވެ. ބިރުވެރި ވާހަކައެއް ކިޔާ ދީފިނަމަ، އޭނާ ބޭނުންވާނީ އެކަމެއް ތަޖުރިބާ ކުރާށެވެ. ޙަޤީޤަތުގައި، ޖިންނި ޝައިޠާނުންނަކީ ވެސް އުޅޭ އެއްޗެއްކަން އޭނާ އެއިރު ޤަބޫލެއް ނުކުރެ އެވެ.

އެރަށުގެ ތުނޑީގައި އެކިއެކި ބިރުވެރި ހާދިސާ ހިނގާކަމަށް ވަނީ ކުރިންވެސް ވަނީ އަޑު އަރާފައެވެ. އެރަށަށް ދިޔަ ދުވަހު، ދައްތަ އެންމެ ފުރަތަމަ ވެސް އަހަރުމެން ތިބި ގޭ މާމަ ކައިރީ އެހީ އެރަށުގައި ހިނގާ ބިރުވެރި ހާދިސާތަކުގެ ވާހަކައެވެ. މާމައަށް ދައްތަގެ ގޮތް އެހާ ނޭނގޭތީ، ރަށުގެ ތުނޑީގައި އެކިއެކި ހާދިސާތައް ހިނގާ ވާހަކަ ބުންޏެވެ.

އިރުއޮއްސުމަށްފަހު ތުނޑި ސަރަޙައްދުން ކުޑަކުއްޖެއް ފެންނަ ވާހަކައާއި، އަދި އެސަރަޙައްދުން އެގަޑީގައި ސައިކަލެއް ނުދުއްވި ކަމުގައި ވިޔަސް، ސައިކަލެއްގެ ލައިޓްފަދަ ލައިޓްތަކެއް ފެނުން ވާހަކަވެސް ކިޔާދިނެވެ.
ދައްތައަށް އެހިސާބުން ކެތެއް ނުވިއެވެ. ބޭނުންވީ ތުނޑިއަށް ދާށެވެ. ތުނޑިއަށް ގެންގޮސްދޭން ބުނުމުން އެގޭ މީހުން ބުނީ ގެންދެވިދާނެ ކަމަށާއި ނަމަވެސް އިރުއޮއްސުމުގެ ކުރިން އެތަނުން އަންނަންވާނެ ކަމަށެވެ. ވަރަށް ބޮޑަށް ބޮޑާ ހޭކުމަށްފަހު އެންމެ ފަހުން ދައްތަ އެކަމަށް އެއްބަސްވިއެވެ.

އެދުވަހުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށް އެގޭ ބޭބެއަކާއި އެކު ދައްތައާއި އަހަރެން ތުނޑިއަށް ދިޔައިމެވެ. ދައްތަ އަށް ސައިކަލު ދުއްވަން އެނގޭތީ، އަހަރެން އިނީ ދައްތަގެ ސައިކަލު ފަހަތުގައެވެ. އެރަށުގެ ތުނޑި ވަރަށް ރީއްޗެވެ. ވެލިގަނޑުގައި އިށީންދެގެން އިންްއިރު، އަތިިރިމައްޗަށް ޖަހާ ބިޔަ ރާޅުތަކުގެ އަޑު އިވެއެވެ. ޤުދުރަތީ ކުލަތަށް ވަރަށް ވެސް ސާފުކޮށް ފެންނަން ހުއްޓެވެ. މޫނަށް ޖެހޭ ފިނި ވައިރޯޅީގެ ސަބަބުން، ވަށައިގެން ވާހާ ކަންތައްތަކެއްގެ މަތިން ހަނދާން ނެތެއެވެ.

ތުނޑީގެ ރީތިކަމަށް ގެއްލިފައި ހުއްޓާ ގަޑިން ހައެއް ޖަހައިފިއެވެ. ގެއަށް ދާން އަވަހަށް ތެދުވުމަށް ބޭބެ ހަނދާން ކޮށްދިނެވެ. ދައްތަ އެވަގުތުވެސް އެތަނުން ނުދާން ބޮޑާ ހޭކިއެވެ. ނަމަވެސް އިރުއޮއްސޭއިރު ދެން އެތާ އިނުން ރަނގަޅެއް ނުވާނެ ކަމަށް ބޭބެ ވިސްނާދިނެވެ. އެހެންކަމުން ސައިކަލަށް އަރާ ނައްޓާލާފައި، ވަކި ހިސާބަކަށް ދެވުން ތަނުން ދައްތަ ސައިކަލު އަނބުރާލާފައި އަނެއްކާވެސް ތުނޑިއާއި ދިމާލަށް ދުއްވާލިއެވެ. އެއިރު ހުރީ ރަތްވިލާ އަރާ، އިރުއޮއްސެން ގާތްގަނޑަކަށް އެއް މިނެޓަށް ވެފައެވެ. އަަހަރެން ވަރަށް ބިރުގަތެވެ. ތުނޑިއަށް އަނބުރަ ނުދާށޭ ކިޔާފާ އަޑުގެ ނެތް ކޮޅަށް ގޮވަން ފެށީމެވެ. އަދި ބޭބެއަށް ވެސް ގޮވަން ފެށީމެވެ.

ބޭބެއަށް އަހަރުމެންނާއި ހަމަ ކުރެވުމުގެ ކުރިން ދައްތަ ހުރީ ތުނޑިއަށް ފައިބައެވެ. އަދި ކޮން ކަމެއްހޭ ވާނީ އެއްވެސް ކަމެއް ނުވާނޭ ކިޔާ ދައްތަ ހެމުން ގެންދިޔައެވެ. މާމަ ކިޔާދިން ކުޑަކުއްޖެއް އެތާ އުޅެންޏާ އަހަރުމެންނާއި އެކު ގެއަށް ދާން ހިނގާށޭ ކިޔާ ދައްތަ ޖޯކު ޖެހިއެވެ. ދައްތަ އުޅުން ގޮތުން އަހަރެން ވަރަށް ބިރުގަތެވެ. ބޭބެ ވެސް ހުރީ ދައްތަގެ ބޯހަރުކަމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެތަނުގައި ހުރެ ފޮޓޯ ނަގަނަގާފައި އޭނާ އެނބުރި އައިސް ސައިކަލަށް އަރާ އަހަރެން ގޮވައިގެން ދިޔައެވެ.ގެއަށް ވަނުމާއިއެކު ބޭބެ ބުނީ ދެން ދުވަހަކުވެސް ރަށުގެ އެއްވެސް ތަނަކަށް އަހަރުމެން ގޮވައިގެން ނުދާނެކަމަށެވެ.

ދައްތަ ގެ ހާލަތު ބަދަލުވާންފެށީ ހަމަ އެރެއެވެ. އެރޭ ނިދަން އޮވެފައި، ދަންވަރު އަހަންނަށް ހޭލެވުން އިރު ދައްތަ ހުރީ ތެދުވެ ކޮޅަށެވެ. ކީއްވެހޭ ތެދުވެ ތިހުރީ އެހީމަ އެއްޗެއް ނުބުނެ ހުއްޓެވެ. އަނެއްކާވެސް ކީއްވީހޭ އެހީމަ ދައްތަ ބުނީ "އޭނާ އައިއްސި" މިހެންނެވެ. މިހެން ހަމަ ބުނުމާއެކީ ދައްތަ ވެއްޓިއްޖެއެވެ.
(އަނެއްބައި އަންނަނީ..)




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ