އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައުމާގެ ބޭސްފަރުވާއަށްޓަކައި ކުޅުދުއްފުށި ހޮސްޕިޓަލުން 19،000 އަށް ވުރެ ގިނަ ފައިސާގެ އެހީ ދެއްވައިފި

ނައުމާގެ ބޭސްފަރުވާއަށްޓަކައި ކުޅުދުއްފުށި ހޮސްޕިޓަލުން 19،000 އަށް ވުރެ ގިނަ ފައިސާގެ އެހީ ދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ލޭގެ ކެންސަރު ނުވަތަ ލުކޭމިއާ ޖެހިފައިވާ އުމުރުން 18 އަހަރުގެ ނައުމާ މުޙައްމަދު ރިހިވެލި/ހދ.ކުޅުދުއްފުށި، ގެ ބޭސްފަރުވާއަށްޓަކައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 19،000 އަށް ވުރެ ފައިސާގެ އެހީއެއް ދެއްވައިފިއެވެ.

މިކަމާއި ގުޅިގެން މިއަދު ހެނދުނު 8:00 ގައި އެހޮސްޕިޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފަރާތުން ފައިސާގެ އެހީތެރިކަން ހަވާލު ކޮށްދެއްވީ ނޫރުލް އިސްލާމް އެސޯސިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢުސެއިދް އެވެ. ފައިސާގެ އެހީތެރިކަމާއި ހަވާލުވެލެއްވީ ނައުމާގެ ބޭބެ އަހުމަދު މުޙައްމަދު އެވެ.

ނައުމާއަށް އެހީތެރިވެ ދިނުމުގެ ގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުން އިންތިޒާމް ކޮށްގެންހިންގި ދެދުވަހުގެ ފަންޑް ރެއިސިންގ ޕްރޮގްރާމް ގެ ދަށުން 19،354.80 ރުފިޔާ އާއި 1000 ޑޮލަރުގެ އެހީތެރިކަމެއް ވަނީ ލިބިފައެވެ.

ނައުމާއަށް ލޭގެ ކެންސަރ ޖެހިފައި ހުރިކަން އެނގުނީ ދެމަހެއްހާ ދުވަހު ހުންއައިސް، ބޭސް ފަރުވާ ކުރުމުން ވެސް ހުން ރަނގަަޅު ނުވެ އިތުރަށް ޙާލު ގޯސްވުމުން، މާލޭ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުން ޓެސްޓު ހެދުމަށް ފަހު މިމަހުގެ 19 ވީ ހޮނިހިރު ދުވަހު އެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު