އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރައިޓް ޖާނީ އައި ކޭމްޕްގެ ދަށުން 1000 އަށް ވުރެ ގިނަ މީހުން ސްކުރީން ކޮށްފި

ބްރައިޓް ޖާނީ އައި ކޭމްޕްގެ ދަށުން 1000 އަށް ވުރެ ގިނަ މީހުން ސްކުރީން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނޭޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަން ގުޅިގެން ޗައިނާ ސަރުކާރުގެ އެހީއާއެކު "ބްރައިޓް ޖާނީ އައި ކޭމްޕް 2017"ގެ ނަމުގައި މިމަހުގެ9 ން 15 އަށް ހުޅުމާލެ ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ ކޭމްޕްގައި 1000 އަށް ވުރެ ގިނަ މީހުން ސްކުރީން ކޮށްފިއެވެ.

ޗައިނާގެ ލޮލުގެ ޚާއްޞަ ޑޮކްޓަރުންގެ ދެ ޓީމެއް ހުޅުމާލެ ހޮސްޕިޓަލްގައާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ލޮލުގެ ކެޓެރަކްޓް ސަރޖަރީ (ލޮލުގެ ފުސްކެހުމުގެ) ގޮތުން ސާޖަރީތައް ހެދުމުގައި ހަރަކާތެރިވެފައި ވެއެވެ. މީގެތެރެއިން ހުޅުމާލެ ހޮސްޕިޓަލުން 36 މީހުން އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން 39 މީހެއްގެ ލޮލުގެ ސަރޖަރީވަނީ ހަދާފައެވެ.



މިކޭމްޕް ބޭއްވުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުއާއި ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި މިމަހުގެ ތެރޭގައިވަނީ ސޮއިކޮށްފައިއެވެ. މިއެމް.އޯ.ޔޫގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބުރާހީމްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ނެޝަނަލް ހެލްތު އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަންގެ ވައިސް މިނިސްޓަރ ވެން ހިޝެންގ އެވެ.



މި ދަތުރުފުޅުގައި ޗައިނާގެ ވައިސް މިނިސްޓަރާއި އެކީ މިނިސްޓްރީން ބޭއްވި ބައިލެޓްރަލް ބައްދަލުވުމުގައި ޗައިނާ ސަރުކާރުން ވަނީ ދިވެހި ސަރުކާރާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ޚާއްސަ ޔުނިޓެއްގާއިމު ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިއެވެ. މި ޔުނިޓްގެ އެހީގެ ދަށުން ދިވެހިރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގައިވެސް ލޮލުގެ ހިދުމަތްތައް ފުޅާކުރުމަށް މަޝްވަރާ ކުރެއްވިއެވެ



މިއެމް.އޯ.ޔޫގެ ދަށުން ކޭމްޕް ކުރިއަށްގެންދިއުމަށް ޗައިނާގެ ސަރުކާރުން ގެނެސްފައިވާ 3,509,863.55 ރުފިޔާގެ އަގުހުރި އިކުއިޕްމަންޓް ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ވަނީ ހަދިޔާ ކުރައްވާފައިއެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ކުރިން ރާއްޖޭގައި ބޭއްވުނު އައިކޭންޕަށް ގެނެސްފައިވާ އިކުއިޕް މެންޓާއި ކޭންޕަށް ބޭނުންވާ ތަކެތިވެސް ވަނީ ރާއްޖެއަށް ހަދިޔާ ކުރައްވާފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެދަށުން 2015 ވަނަ އަހަރުގައިވެސް މިފަދަ ކޭމްޕެއް ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްގައި 107 މީހުންގެ ކެޓަރެކްޓް ސާޖަރީ ވަނީ ހަދާފައެވެ. މިފަހަރުގެ އައިކޭމްޕްގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު