އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވި ޤައިދީ މީގެ ދެދުވަސްކުރިން ފާޚާނާތެރެއަށް ވެއްޓިއޮވެ ﷲ އަކްބަރު ގޮވި

މަރުވި ޤައިދީ މީގެ ދެދުވަސްކުރިން ފާޚާނާތެރެއަށް ވެއްޓިއޮވެ ﷲ އަކްބަރު ގޮވި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޙުކުމް ތަންފީޒުކުރަމުން ދަނިކޮށް މިއަދު ނިޔާވެފައިވާ ޤައިދީ އިއްޔެގެ ކުރީ ދުވަހު ޖަލުގައި އޭނާ ހުންނަ ގޮޅީގެ ފާޚާނާ ތެރެއަށް ވެއްޓިއޮވެ ﷲ އަކްބަރު ގޮވިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދުނޫހަށް މައުލޫމާތުދިން މީހާ ބުނީ އެކަމާއި ގުޅިގެން ޤައިދީން ކުރި މަސައްކަތުން ދެ ފަހަރު ގޮޅިން ބޭރަށް ވެސް ނެރުނު ކަމަށެވެ. އަދި ފަރުވާ ދިނުމަށްފަހު ގޮޅިއަށް ވެއްދި ކަމަށެވެ.

"އޭނާއަށް އައީ ބަދަލުތަކެއް އަންނަމުން. އޭނާ ބޭސްފަރުވާއަށް މާލެ ގެންދޭތޯ މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ." މައުލޫމާތުދިން މީހާ ބުނެފައިވެއެވެ.

އޭނާގެ އަނބިކަނބަލުން ވިދާޅުވީ ފިރިކަލުންގެެ ހާލު ސީރިއަސްވިތާ 3 ދުވަސްވެއްޖެ ކަމަށެވެ. އެގޮތުން ލެޔާއިއެކު ހޮޑުލައި ސީލެވެމުން އައިކަމަށް އެނގިފައިވާ ކަމަށެވެ.

އަނބިކަނބަލުން ވިދާޅުވީ ފިރިކަލުންނަކީ ވަރަށް ހިތްވަރުގަދަ މީހެއް ކަމަށާއި ވަރަށް ބޮޑުވަރުވީމާ ނޫނީ ކަމެއްގައި ނުބުނާނެ ކަމަށެވެ. "އިއްޔެ 1 ޖެހިއިރު މާލެ ގެނައީ. ރޭ 12 ޖެހިއިރުވެސް ޓެސްޓްތަކުގެ ނަތީޖާއެއް ނުލިބޭ. އެނގުނު ގޮތުގައި ހަށިގަނޑުތެރޭގައި އިންފެކްޝަން އުފެދި ކިޑްނީ އާއި ފުއްޕާމެ އާއި ބައެއް ގުނަވަންތައް ވަނީ ހަލާކުވެފަ."

ކަރެކްޝންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ބަލިކަމުގެ މައުލޫމާތު އިއްޔެ ލިބުމުން މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކަމަށެވެ. އަދި ލޯންޗުން ފައިބައި އަމިއްލައަށް ހިނގާ އުޅުނު ކަމަށާއި މާބޮޑު ސީރިއަސްކަމެއް ހުރިކަން ބޭރުފުށުން ނުއެނގޭ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް