އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި 7000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފި

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގައި 7000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮންސްޓްރަކްޝަން ތާޑް އިންޖިނިއަރިންގ ބިޔުރޯ ކޮމްޕެނީ ލިމިޓެޑުން ހުޅުމާލޭގައި 7000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެކުންފުނިން އަޅަނީ ޢާންމުންނަށް ސަރުކާރުން ދޫކުރާ ހައުސިންގ ޔުނިޓުތަކެކެވެ.

ކުންފުނީގެ ޑިރެކްޓަރު ލީ ވެންޑުއޯ ބުނެފައިވަނީ މަޝްރުއު ކުރިއަށް ގެންދަނީ ދިވެހި ސަރުކާރުން ހުޅުވައިލި ބީލަން ކާމިޔާބުކޮށްގެން ކަމަށެވެ. "އަހަރެމެންނަށް ބީލަން ކާމިޔާބުކުރެވުނީ ފުރިހަމަ ޑިޒައިނެއް ހުށަހަޅައިގެން. އަހަރެމެން މަސައްކަތް ކުރަމުން މިދަނީ ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަށް."

7000 ހައުސިންގ ޔުނިޓު އަޅަނީ 451،900 އަކަމީޓަރުގެ ބިމެއްގައި 16 ޓަވަރަށެވެ.

2013 ވަނަ އަހަރު އެކުންފުނިން ވަނީ ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓް އަޅައިފައެވެ.

އެއްލައްކަ މީހުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި 62 ޓަވަރު އެޅުމުގެ ބިޔަ މަޝްރޫއެއް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ އިފްތިތާޙްކޮށްދެއްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







މަރިޔަން 2017-11-21 10:15:37

ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު، ކިތައް ފްލެޓް ތޯ ބޭބޭފުޅުންގެ ޖީބަށް...؟


އަބްދުއްލަތީފް