އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައިނަބްގެ ގާތިލު އިމްރާން ބުނަނީ އޭނާއަށް އެފާހިޝް ޢަމަލު ކުރެވުނީ ޖިންނި މޮޔަވެގެންކަމަށް

ޒައިނަބްގެ ގާތިލު އިމްރާން ބުނަނީ އޭނާއަށް އެފާހިޝް ޢަމަލު ކުރެވުނީ ޖިންނި މޮޔަވެގެންކަމަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

ގިނަ ދުވަސްތަކަކަށް ތަހުގީގު ކުރުމަށްފަހު، ކަސޫރުގައި މިމަހުގެ ކުރީކޮޅު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން ހަތް އަހަރުގެ ޒައިނަބު އަމީން ގެ ގާތިލަކީ ކާކުކަން މިއަދު މިވަނީ ހާމަވެފައެވެ.

އެގޮތުން ކަސޫރުގެ ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި ޒައިނަބް ރޭޕްކޮށް މަރާލާފައިވަނީ އިމްރާން އަލީ ކިޔާ މީހެކެވެ.

އޭނާއަކީ މާވަޑިއެކެވެ. ޒައިނަބްގެ ތިމާގެ މީހަކަށް ވުމުގެ އިތުރުން އޭނާ ދިރިއުޅެނީ ވެސް ޒައިނަބުގެ ގެއާއި ވަރަށް ކައިރީގައެވެ.

ޒައިނަބް މަރާލުމުން، ކަސޫރު ގައި ގިނަ ބަޔަކު ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކޮށްފައެވެ. ޒައިނަބްގެ މަރުގެ ތަހުގީގު ކުރެވެމުން ދަނިކޮށް، އިމްރާން ވަނީ އެއަޑު އުފުލުމުގައި ވެސް ބައިވެރިވެފައެވެ.
ގްރޭޑް ހަތަރަކާއި ހަމައަށް ތައުލީމު ހާސިލް ކޮށްފައިވާ އިމްރާން ވަނީ ޒައިނަބު ގެ އިތުރުން ކަސޫރުގައި އިތުރުން އަށް ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލާފައެވެ.

އިމްރާން ބުނި ގޮތުގައި މިފާހިޝް ޢަމަލު އޭނާ ހިންގީ، އޭނާއާއި އޭނާގެ ބައްޕަ ޖިންނި މޮޔަވެފައި ތިބުމުގެ ސަބަބުން، ރޫޙާނީ ބާރަކުންނެވެ. ނަމަވެސް ފުލުހުންވަނީ މިކަން ދޮގުކޮށް، އޭނާއަކީ ނަފްސާނީ ގޮތުން އެއްވެސް މައްސަލައެއް ޖެހިފައި ހުރި މީހެއް ނޫން ކަމުގައި ބުނެފައެވެ.

ޒައިނަބްގެ އިތުރުން އިމްރާން ރޭޕްކޮށް މަރާލާފައިވާ ބައެއް ކުދިންނަކީ އައިޝާ، ތަޙުމީނާ އަދި އަސްމާ އެވެ. އޭނާ ރޭޕްކޮށް މަރާލާފައިވަނީ އުމުރުން ތިން އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޒައިނަބްގެ މަރާއި ގުޅިގެން އިމްރާން ހައްޔަރު ކުރުމުން، އޭނާއަށް ވީއެންމެ އަވަހަކަށް އަދަބު ދިނުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގޮވާލާފައެވެ. ނަމަވެސް ޕަންޖާބުގެ ލޯ މިނިސްޓަރ ރާނާ ސަނައުﷲ ވަނީ ހަމަ ޖެހިގެން ތިއްބުމަށް ރައްޔިތުންނަށް ގޮވާލާ، ފޮރެންސިކް ރިޕޯޓު ލިބުމުން މިމައްސަލައިގެ ނިމުމަކަށް އާދެވޭނެ ކަމަށް ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ