ލ. އަތޮޅުގެ ރަށްތައް ގުޑުވާލި ލޮޅުން- ބައެއް ރަށަށް ދެ ފަހަރުވެސް އިޙްސާސްކުރެވުނު!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

ލ. އަތޮޅަށް މިއަދު އައި ބިން ހެލުމުގައި ނުވަތަ ބިން ގުޑުމުގައި ނުވަތަ ބިން ލޮޅުމުގައި ބައެއް ރަށްރަށަށް ދެ ފަހަރު މަތިންވެސް އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހިތަދޫ ކައުންސިލްގެ ރައީސް ނާފިޒް ވިދާޅުވީ އެ ރަށުގެ ގެތަކަށް ދެފަހަރަށް ލޮޅުން އެރި ކަމަށާއި ފުރާޅުތަކުގެ ޓިނުތައް ގުޑި ކަމަށެވެ.

އަތޮޅު ކައުންސިލުގެ އިދާރާއިން އަތޮޅު ކައުންސިލުގެ މެންބަރު މޫސާ ފައިޞަލް ވިދާޅުވީ ލޮޅުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދަނބިދޫ، ގަން އަދި ފޮނަދޫ ސަރަހައްދަށް ކަމަށެވެ.

ކަލައިދޫ ކައުންސިލުގެ އިދާރާއިން ބުނީ އެރަށަށް ލޮޅުމުގެ ައަސަރުކުރީ ވަރަށް ކުޑަކޮށް ކަމަށެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.