އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރިމީހާގެ މުސާރަ 30 އަހަރު ވަންދެން ޖަމާކުރުމަށްފަހު އެފައިސާއިން ބިނާކުރީ ފިރިމީހާގެ ނަމުގައި މިސްކިތެއް

ފިރިމީހާގެ މުސާރަ 30 އަހަރު ވަންދެން ޖަމާކުރުމަށްފަހު އެފައިސާއިން ބިނާކުރީ ފިރިމީހާގެ ނަމުގައި މިސްކިތެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ސައުދީ އަރަބިއާގެ ހުވަފަތް އަންހެނަކު އޭނާގެ ފިރިމީހާގެ މުސާރަ 30 އަހަރު ވަންދެން ޖަމާ ކުރުމަށްފަހު، އެފައިސާއިން އޭނާގެ ފިރިމީހާގެ ނަމުގައި މިސްކިތެއް ބިނާކޮށްފިއެވެ.

ފިރިމީހާގެ ރިޓަޔަމަންޓް ފައިސާ 30 އަހަރު ދުވަހަށް ޖަމާކުރުމަށްފަހު އޭގެން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ނުޖެހި، ފިރިމީހާގެ ނަމުގައި މިސްކިތެއް ބިނާ ކުރުމުން، ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އެއަންހެން މީހާއަށް ސަނާ ކިޔާފައެވެ.

މިސްކިތް ބިނާކޮށް ނިމުމަށްފަހު، އެތަނުގައި ހުއްޓާ އޭނާގެ ފިރިހެން ދަރި މުޙައްމަދު އަލް ހަރްބީ ވަނީ ފޮޓޯނަގާ، އެފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފަައެވެ.

ފޮޓޯގެ ކެޕްޝަނަކަށް ލިޔެފައިވަނީ
" މަންމާއެވެ. ތިއީ ދެވަނައެއް ނެތް ފަދަ ރީތި މިސާލެކެވެ. މަންމަގެ ޙަޔާތުގައި 30 އަހަރު ވަންދެން އެންމެ ރިޔާލެއް ވެސް ބޭނުން ނުކޮށް ޖަމާކުރީ ތިޔަ މިސްކިތް އެޅުމަށެވެ. ދުނިޔޭގެ ލައްޒަތާއި އަރާމަކަށް މަންމަ ނުވިސްނައެވެ. އަދި އެފައިސާއިން މަންމައަށް އަމިއްލައަށް އެއްޗެއް ހޯދަން ވެސް މަންމަ ނުވިސްނައެވެ. އެފައިސާ މަންމަ ބޭނުން ކުރީ، މިސްކިތެއް އެޅުމަށް މަންމަ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. މާތް ﷲ ބައްޕަގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާފާނދޭވެ. އާމީން"

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ