އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީއެފްޖީ ގާލަރ ރަން މިއަހަރުވެސް...

ޓީއެފްޖީ ގާލަރ ރަން މިއަހަރުވެސް...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ފައިބެއަހަރު ބޭއްވި ގާލަރ ރަން (ކަލަރ ރަން) މިއަހަރުވެސް އޮންނާނެކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ޓީއެފްޖީ އިން ބުނީ މި ދުވުން މިއަހަރުވެސް އޮންނާނީ މި ޖުލައި މަހުގެ 26 ވާ ބްރާސްފަތި ދުވަހު ހުޅުމާލޭގައި ކަމަށެވެ. އަދި ދުވުން އޮންނާނީ ހެނދުނު ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރާއްޖޭގެ މިނިވަންދުވަހާއި ގުޅުވައިގެން އެ ކުންފުނިން ބާއްވާ މި ދުވުމަކީ ތަފާތު އެކިކަންކަން ސެލެބްރޭޓްކުރަން ފަންރަންއެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ބާއްވާ ދުވުމެކެވެ.

ފައިބެއަހަރެކޭ އެއްގޮތަށް މިއަހަރުގެ ދުވުމުގައިވެސް ބައިވެރިވުމަށް ފީއެއް ނަގާ އިރު، މިއަހަރު ދައްކަން ޖެހެނީ 450 ރުފިޔާ އެވެ. އަދި ރާއްޖޭގެ މިނިވަންދުވަސްކަމަށްވާ މިމަހުގެ 26 ވާ ބްރާސްފަތި ދުވަހު ހެނދުނު ހުޅުމާލޭގައި ބާއްވާ މި ދުވުން ފަށާނީ އެކި ގްރޫޕުތައް އެކި ސްޓޭޝަންތަކުން ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ.

މިގޮތަށް ހެދީ މިދުވުމުގައި ވޯޓަރ ސްޓޭޝަންތަކުގެ ބަދަލުގައި ހުންނާނީ ކަލަރސް ސްޓޭޝަންތަކެއްކަމަށްވާތީ، އެއްފަހަރާ ބައިވަރުމީހުން އެއްސްޓޭޝަންތަކަށް ދިއުމުން ކުލަޖެހުމުގެ ތަޖުރިބާ އެންމެ އެކަށޭނަގޮތުގައި ނުލިބޭނެތީ ކަމަށްވެސް އެ ކުންފުނިމް ބުންޏެވެ.

މައިގަނޑު މަޤުޞަދެއްގެ ގޮތުގައި މީހާ ކުލައިން ތަތްތެޅިގެންހުރެ ސެލްފީއާއި ފޮޓޯނެގުމާއެކު ގިނަ ބަޔަކަށް މަޖާ މާޙައުލެއއް ޤާއިމުކޮށްދިނުން ހިމެނޭ އިރު، ފޮޓޯ ނެގުމަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރުން ޓީއެފްޖީގެ ފަރާތުން އެކި ސްޓޭޝަންތަކުގައި ތިބޭނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ދުވުމުގައި 5 ކިލޯމީޓަުގެ ރާސްތާއެއް ދުވި ނަމަވެސް މިއީ ޕްރޮފެޝަނަލްކޮށް ޓައިމްބަލައިގެން ދުވާ ދުވުމެއްނޫނެވެ. ހިނގާފަ، ދުވެފަ، ޖޮގްކޮށްފަ އަދި މަޖާ ތަފާތު އެކި ގޮތްގޮތަށްވެސް މި ދުވުން ފުރިހަމަކުރެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޓީއެފްޖީ ވެބްސައިޓް މެދުވެރިކޮށް އަދި އެތަނަށް ގޮސްގެން ރެޖިސްޓްރީ ކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
ދުވުން ނިންމާ ފަރާތްތަކަށް މިއަހަރުވެސް މެޑެލްދިނުމަަށްވަނީ ނިންމާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް